ޕީއެންސީގެ އަމާޒަކީ ރާއްޖޭގެ އެންމެ ބޮޑު ޕާޓީއަށްވުން: ޢަބްދުއްރަޙީމް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 3ސ
ޕީއެންސީގެ އަމާޒަކީ ރާއްޖޭގެ އެންމެ ބޮޑު ޕާޓީއަށްވުން: ޢަބްދުއްރަޙީމް

ޕީއެންސީގެ އަމާޒަކީ ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީއަށްވުން ކަމަށް އެޕާޓީގެ ޗެއަރޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ޕީއެންސީގެ އެތެރޭގެ އިންތިޚާބާ ބެހޭގޮތުން މަޢުލޫމާތު ދެއްވަމުން ޢަބްދުއްރަޙީމް ވިދާޅުވި ގޮތުގައި، ޕާޓީގެ ހިންގުން ވަރުގަދަކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޚާއްސަ އިރުޝާދުތަކެއް ދެއްވާފައިވެއެވެ. އަދި މި އިރުޝާދުތަކާ އެއްގޮތަށް، ރާއްޖޭގެ ކޮންމެ ރަށެއްގައި ޕީއެންސީގެ ސްޓިއަރިން ކޮމިޓީއަކާއި ޒުވާނުންނާއި އަންހެނުންގެ ހަރަކާތުގެ ރައީސެއް ހުންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ ޕާޓީގެ ހަރަކާތްތައް ވަރުގަދަކޮށް، ހިންގުން އިތުރަށް ހަރުދަނާކުރުން. މިގޮތުން، އަޅުގަނޑުމެން ވަނީ ޕީއެންސީގެ އެތެރޭގެ އިންތިޚާބުގައި 1،984 މަޤާމަށް މީހުން ހޮވާފައި،" ޢަބްދުއްރަޙީމް ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ޢަބްދުއްރަޙީމް އިތުރަށް ވިދާޅުވި ގޮތުގައި، ޕާޓީގެ މެންބަރުޝިޕް އިތުރުކޮށް، ރާއްޖޭގެ ހުރިހާ ކަންކޮޅުތަކުގައި ޕާޓީގެ ހަރަކާތްތައް ފުޅާކުރުމަށް ޚާއްސަ ސަމާލުކަމެއް ދޭނެއެވެ. މިކަމުގެ ސަބަބުން، ކުރިއަށް އޮތް އިންތިޚާބުތަކުގައި ޕީއެންސީއަށް ބޮޑު ކާމިޔާބީތަކެއް ލިބޭނެކަމުގެ އުންމީދު އޮތްކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

މިއަދު އޮންލައިން