މިސްކިތްތަކަށް ގެއްލުންދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، ފުރުޤާން މިސްކިތަށް ރޭ ގެއްލުންދިން މައްސަލަ ބަލައި އަވަހަށް ފިޔަވަޅު އެޅުމަށް ކަމާބެހޭ ފަރާތްތަކަށް ހުށަހަޅާފައިވާ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވޖެއެވެ.
މި މައްސަލައާ ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ޑރ. ޝަހީމް ވިދާޅުވެފައިވަނީ "ފުރުޤާން މިސްކިތަށް ގެއްލުންދިން މައްސަލަ ބަލައި ފިޔަވަޅު އެޅުމަށް ކަމާ ބެހޭ ފަރާތްތަކަށް ހުށަހެޅުމަށް އިސްލާމިކް މިނިސްޓްރީން ވަނީ މިއަދު ނިންމާފައި. މިސްކިތްތަކަށް ގެއްލުން ދިނުން ބަލައެއް ނުގަނެވޭނެ" ކަމަށެވެ.
މި މައްސަލައިގައި ހިމެނޭ މީހާ ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، ތަޙުޤީގު ނިމެންދެން ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައެވެ.