ރާއްޖޭގައި ހަށިވިއްކުމުގެ ވިޔަފާރިކުރަމުންދިޔަ ބިދޭސީންތަކެއް ހައްޔަރުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 47ސ
ރާއްޖޭގައި ހަށިވިއްކުމުގެ ވިޔަފާރިކުރަމުންދިޔަ ބިދޭސީންތަކެއް ހައްޔަރުކޮށްފި

ރާއްޖޭގައި ހަށިވިއްކުމުގެ ވިޔަފާރިކުރަމުންދިޔަ 7 ބިދޭސީން ހައްޔަރުކޮށްފިކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ހާމަކޮށްފިއެވެ.

އިމިގްރޭޝަނުން ބުނެފައިވަނީ މި މީހުން ހައްޔަރު ކުރެވިފައިވަނީ އިމިގްރޭޝަނާއި މޯލްޑިވްސް ޕޮލިސް ސަރވިސް ގުޅިގެން ހިންގި އިންސްޕެކްޝަންތަކެއްގެ ތެރެއިން ކަމަށެވެ. ހައްޔަރުކުރެވުނު މީހުންގެ ތެރޭގައި 5 އަންހެނުންނާއި 2 ފިރިހެނުން ހިމެނޭ ކަމަށް އިމިގްރޭޝަނުން ހާމަކުރިއެވެ.

އިމިގްރޭޝަނުގެ ބަޔާނުގައި ވާގޮތުން، މިހާތަނަށް މި މައްސަލައާ ގުޅިގެން 3 އަންހެނުން ވަނީ ޑީޕޯޓުކޮށްފައެވެ. އަދި އިތުރު 4 މީހުން ޑީޕޯޓުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ބުނެފައިވެއެވެ.

އިމިގްރޭޝަނުން އިތުރަށް ބުނީ މިފަދަ އޮޕަރޭޝަންތަކުގައި މިހާތަނަށް 5000 އަށްވުރެ ގިނަ ބިދޭސީން ވަނީ ޑީޕޯޓުކޮށްފައި ކަމަށެވެ. މިއީ ރާއްޖޭގައި ޤާނޫނާ ޚިލާފަށް މަސައްކަތްކުރާ ބިދޭސީންނާ ދެކޮޅަށް ހިންގޭ އޮޕަރޭޝަންތަކުގެ ތެރެއިން އެއް އޮޕަރޭޝަން ކަމަށް އިމިގްރޭޝަނުން ފާހަގަކޮށްފައިވެއެވެ.

މިއަދު އޮންލައިން