އެމްޕީއެލްއާ ގުޅިގެން ވޮމެންސް އެޕްރެންޓިސްޝިޕް ޕްރޮގުރާމެއް ބާއްވަން ނިންމައިފިއެވެ.
އެމްޕީއެލް އިން ޖުމްލަ 7 ދާއިރާއަކުން ތަމްރީނުވުމަށް ހުޅުވާލާފައިވާއިރު އޭގެ ތެރޭގައި ރިފްރަޖަރޭޝަން އެންޑް އެއާކޮންޑިޝިން އާއި މެރިން މެކޭނިކްގެ އިތުރުން ވެލްޑިން އާއި އިލެކްޓްރިޝަން އާއި މެކޭނިކް އާއި ކާޕެންޓާ އަދި މެކޭނިސްޓް ހިމެނެއެވެ.
މި ޕްރޮގްރާމްގައި ބައިވެރިންނަށް ކޮންމެ މަހަކު އެލަވެންސްގެ ގޮތުގައި 5،000 ރުފިޔާ ދިނުމަށް ވަނި ނިންމާފައެވެ.
މި ޕްރޮގުރާމުގައި ބައިވެރިވުމުގެ ސުންގަޑިއަކީ މިމަހުގެ 28 ވަނަ ދުވަހުގެ 14:00އެވެ.
ހަބަރު: ސަރުކާރު