ގުރައިދޫގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ އާއި ސްޓެލްކޯ ގުޅިގެން ކަރަންޓާއި ބެހޭ މައުލޫމާތު ދީފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 58ސ
ގުރައިދޫގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ އާއި ސްޓެލްކޯ ގުޅިގެން ކަރަންޓާއި ބެހޭ މައުލޫމާތު ދީފި

ކ. ގުރައިދޫގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިސްނެގުމާއެކު ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އާ ގުޅިގެން އެ ރަށުގެ ރައްޔިތުންނާއި ސްކޫލް ކުދިންނަށް އަމާޒުކޮށްގެޮށްގެން ކަރަންޓާ ބެހޭ މަޢުލޫމާތު ދިނުމުގެ ސެޝަނެއް ބާއްވައިފިއެވެ.

މި ސެޝަންގައި ކަރަންޓާ ބެހޭ އާންމު މަޢުލޫމާތުގެ އިތުރުން، ކަރަންޓު އިޤްތިޞާދުކުރުމަށް ކުރެވިދާނެ ކަންކަމާއި، ކަރަންޓު ބިލްތައް ތައްޔާރުކުރެވޭ ގޮތާ ގުޅޭ މަޢުލޫމާތު ހިއްސާކުރެވުނެވެ. ސުވާލާއި ޖަވާބަށް ހުޅުވާލައިގެން ކުރިއަށް ގެންދެވުނު މި ސެޝަނަށް ރައްޔިތުންގެ ފަރާތުން ވަރަށް ހޫނު މަރުޙަބާއެއް ލިބިގެން ދިޔައެވެ.

މީގެ އިތުރުން، ގުރައިދޫގެ އަންހެނުންނަށް ޚާއްޞަކޮށްގެން ބޭސިކް އިލެކްޓްރީޝަން ކޯހެއްވެސް މިދިޔަ ހަފްތާ ބަންދުގައި ކުރިއަށް ގެންގޮސްފައިވެއެވެ. މި ކޯހުގައި ޖުމްލަ 22 އަންހެނުންނަށް ކަރަންޓުގެ އެންމެ އަސާސީ މަސައްކަތްތައް ކުރެވޭނެ ތަމްރީނު ދެވިފައިވާކަމަށް ސްޓެލްކޯއިން މަޢުލޫމާތު ދެއެވެ.

ސްޓެލްކޯގެ ތަމްރީނު އަދި ތަރައްޤީގެ ޑިޕާޓްމަންޓުގެ ވެރިޔާ އަޙްމަދު ޝާހިދު ވިދާޅުވީ، "މިފަދަ ޕްރޮގްރާމްތަކަކީ ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކޮށް، ކަރަންޓުގެ ބޭނުން އެންމެ ފައިދާހުރި ގޮތުގައި ހިފުމަށް އެހީތެރިވެދޭ ކަންކަން" ކަމަށެވެ.

ގުރައިދޫގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާ ފާޠިމަތު ނަޞީރު ވިދާޅުވީ، "މިފަދަ ޕްރޮގްރާމްތަކުން ރަށުގެ އަންހެނުންނަށް އައު ހުނަރުތަކެއް ލިބި، އަމިއްލަ ފައިމައްޗަށް ތެދުވުމަށް މަގުފަހިވެގެންދާނެ" ކަމަށެވެ.

މި ޕްރޮގްރާމްތަކަކީ ސްޓެލްކޯއިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުންދާ ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތަކުގެ ތެރެއިން ބައެއްކަން ފާހަގަކޮށްލެވެއެވެ.

މިއަދު އޮންލައިން