2025 އަހަރުގެ ބަޖެޓުގެ ގޮތުގައި 56.6 ބިލިޔަން ރުފިޔާ މަޖިލީހުން ފާސްކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 3ސ
2025 އަހަރުގެ ބަޖެޓުގެ ގޮތުގައި 56.6 ބިލިޔަން ރުފިޔާ މަޖިލީހުން ފާސްކޮށްފި

ރައްޔިތުންގެ މަޖިލީހުން މިއަދު ބޭއްވި ޖަލްސާގައި 2025 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓުގެ ގޮތުގައި 56.6 ބިލިޔަން ރުފިޔާ ފާސްކޮށްފިއެވެ. މި ބަޖެޓަކީ ސަރުކާރުން ޒިންމާދާރު ބަޖެޓެއްގެ ގޮތުގައި ސިފަކޮށް، ނިސްބަތުން ޑެފިސިޓް އެންމެ ކުޑަ ބަޖެޓުކަމަށް ފާހަގަކޮށްފައިވާ ބަޖެޓެކެވެ.

ފާސްކުރެވުނު ބަޖެޓުގެ ތަފްޞީލުތަކަށް ބަލާއިރު، ޖުމްލަ ޚަރަދުގެ ގޮތުގައި 49.2 ބިލިޔަން ރުފިޔާ ހިމެނިފައިވެއެވެ. މީގެ ތެރެއިން ރިކަރަންޓް ޚަރަދުގެ ގޮތުގައި 35.9 ބިލިޔަން ރުފިޔާ އަދި ކެޕިޓަލް ޚަރަދުގެ ގޮތުގައި 13.3 ބިލިޔަން ރުފިޔާ ހިމެނެއެވެ. އަދި ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) އަށް 12.4 ބިލިޔަން ރުފިޔާ ކަނޑައަޅާފައިވެއެވެ.

ދައުލަތަށް ލިބޭނެކަމަށް ލަފާކުރާ އާމްދަނީ އަދި ހިލޭ އެހީގެ ގޮތުގައި 39.7 ބިލިޔަން ރުފިޔާ ހިމަނާފައިވާއިރު، ޚަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކުން 6.6 ބިލިޔަން ރުފިޔާ ސަލާމަތްކުރެވޭނެކަމަށް ލަފާކުރެވެއެވެ. މި ބަޖެޓުގެ ޑެފިސިޓްގެ ގޮތުގައި 9.4 ބިލިޔަން ރުފިޔާ ހުންނާނެކަމަށް ލަފާކުރެވެއެވެ.

މަޖިލީހުގެ ބަޖެޓް ކޮމިޓީން ހުށަހެޅި ބައެއް ލަފާތައް ބަޖެޓުގައި ނުހިމެނުމަށް 68 މެންބަރުންގެ ވޯޓުން ނިންމާފައިވާކަން ފާހަގަކުރެވެއެވެ.

މި ބަޖެޓަކީ ޤައުމުގެ އިޤްތިޞާދީ ޙާލަތަށް ރިޢާޔަތްކޮށް، ޒިންމާދާރުކަމާއެކު ތައްޔާރުކުރެވިފައިވާ ބަޖެޓެއްކަމަށް ސަރުކާރުން ބުނެފައިވެއެވެ. އަދި މިއީ ނިސްބަތުން ޑެފިސިޓް އެންމެ ކުޑަ ބަޖެޓުކަމަށްވެސް ސަރުކާރުން ފާހަގަކޮށްފައިވެއެވެ.

މިއަދު އޮންލައިން