ރައްޔިތުންގެ މަޖިލީހުން އަރބަން ޑިވެލޮޕްމަންޓް ބިލު ފާސްކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 57ސ
ރައްޔިތުންގެ މަޖިލީހުން އަރބަން ޑިވެލޮޕްމަންޓް ބިލު ފާސްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަރބަން ޑިވެލޮޕްމަންޓް ބިލު ފާސްކޮށްފިއެވެ. މި ބިލުގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގެ އަރބަން ސަރަޙައްދުތައް ކަނޑައަޅައި، އެ ސަރަޙައްދުތައް ތަރައްޤީކުރުމުގެ ކަންކަން ޤާނޫނީ އޮނިގަނޑެއްގެ ދަށުން އިންތިޒާމްކުރުމެވެ.

މި ބިލުގެ ދަށުން އަރބަން ޑިވެލޮޕްމަންޓް އޮތޯރިޓީއެއް އުފައްދައި، އަރބަން ތަރައްޤީއާ ގުޅޭ ޤައުމީ ސިޔާސަތެއް އެކުލަވާލުމަށް ވަނީ ކަނޑައަޅާފައެވެ. އަދި އަރބަން ސަރަޙައްދުތައް ތިން ބާވަތަކަށް ބަހާލެވިފައިވެއެވެ. އެއީ މެޓްރޮޕޮލިޓަން، އަރބަން ރީޖަން އަދި އަރބަން ސެންޓަރެވެ.

ބިލުގައި ފާހަގަކޮށްފައިވާ މުހިންމު ނުކުތާތަކުގެ ތެރޭގައި، ހިމާޔަތްކޮށްފައިވާ ސަރަޙައްދުތައް ތަރައްޤީނުކުރެވޭނެކަމަށް ބަޔާންކޮށްފައިވުމާއި، ކައުންސިލްތަކުގެ ދައުރު ހިމެނުމަށް އިޞްލާޙު ގެނެވިފައިވާކަން ހިމެނެއެވެ.

މި ބިލު ތަންފީޛުކުރުމުގެ ޒިންމާ އުފުލާނީ އުމްރާނީ ތަރައްޤީގެ މަސްއޫލިއްޔަތު ހަވާލުކުރެވިފައިވާ ވުޒާރާއިންނެވެ. މި ބިލު ފާސްވުމާއެކު، ރާއްޖޭގެ އަރބަން ތަރައްޤީގެ މަސައްކަތްތައް ހަރުދަނާ އުސޫލުތަކެއްގެ މަތިން ކުރިއަށް ގެންދިއުމަށް މަގުފަހިވެގެންދާނެކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން