ދައުލަތުގެ ދަރަންޏާބެހޭ ބިލާއި ފިސްކަލް ޒިންމާގެ ބިލު މަޖިލީހުން ފާސްކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 51ސ
ދައުލަތުގެ ދަރަންޏާބެހޭ ބިލާއި ފިސްކަލް ޒިންމާގެ ބިލު މަޖިލީހުން ފާސްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ދައުލަތުގެ ދަރަންޏާބެހޭ ބިލާއި ދައުލަތުގެ ފިސްކަލް ޒިންމާގެ ބިލު ވަނީ ފާސްކޮށްފައެވެ. މި ދެ ބިލަކީ ދައުލަތުގެ މާލީ ކަންކަން ހަރުދަނާކޮށް، ޒިންމާދާރު ގޮތެއްގައި ބެލެހެއްޓުމަށް މަގުފަހިކުރާނެ މުހިންމު ޤާނޫނީ އޮނިގަނޑެކެވެ.

ދަރަންޏާބެހޭ ބިލުގައި ހިމެނޭ މުހިންމު ނުކުތާތަކުގެ ތެރޭގައި ޑެޓް މެނޭޖްމަންޓް ޑިޕާޓްމަންޓެއް ޤާއިމުކުރުމާއި، ދަރަނި ނެގުމާއި މެނޭޖުކުރުމުގެ އުސޫލުތައް ކަނޑައެޅުން ހިމެނެއެވެ. މީގެ އިތުރުން، ދަރަންޏާބެހޭ މަޢުލޫމާތު ހާމަކުރުމާއި ރިޕޯޓުކުރުމުގެ އުސޫލުތަކާއި، ސޮވްރިން ގެރެންޓީ ދިނުމުގެ އުސޫލުތައްވެސް މި ބިލުގައި ބަޔާންކޮށްފައިވެއެވެ.

ފިސްކަލް ޒިންމާގެ ބިލުގެ މައިގަނޑު ކަންތައްތަކުގެ ތެރޭގައި ދެމެހެއްޓެނިވި ފިސްކަލް ނިޒާމެއް ތަޢާރަފުކުރުން ހިމެނެއެވެ. އަދި ކޮންމެ ރިޔާސީ ދައުރެއްގައި 5 އަހަރުގެ ފިސްކަލް ޒިންމާގެ ޗާޓަރެއް އެކުލަވާލުމާއި، ފިސްކަލް ޕޮލިސީ ދެފުށް ފެންނަ ގޮތަށް ހިންގުމުގެ އުސޫލުތައްވެސް މި ބިލުގައި ހިމަނާފައިވެއެވެ.


މިއަދު އޮންލައިން