ކުރީގެ ސަރުކާރުން އޭޑީބީގެ އެހީގައި ހިންގި މަޝްރޫޢު ފެއިލްވެ ނެތިގެން ވަނީގޮސްފައި: ފަހުމީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 12ސ
ކުރީގެ ސަރުކާރުން އޭޑީބީގެ އެހީގައި ހިންގި މަޝްރޫޢު ފެއިލްވެ ނެތިގެން ވަނީގޮސްފައި: ފަހުމީ

ކުރީގެ ސަރުކާރުން އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) ގެ އެހީގައި ހިންގި އިޔާދަކުރަނިވި ހަކަތައިގެ މަޝްރޫޢު ފެއިލްވެ ނެތިގެން ގޮސްފައިވާ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ ވިދާޅުވެއްޖެއެވެ.

ފެލިދެއަތޮޅު ރަކީދޫގައި ގާއިމްކުރި ސޯލާ ޕްރޮޖެކްޓާ ގުޅިގެން މީސް މީޑިއާ މެދުވެރިކޮށް އެއީ، ކުރީ ސަރުކާރުގެ އޭޑީބީ ޕްރޮޖެކްޓެއް ކަމަށް ބުނެ ފާޑުކިޔުން އަމާޒުވުމާއިގުޅިގެން ފަހުމީ ވިދާޅުވި ގޮތުގައި މިހާރު ކުރިއަށްދާ މަޝްރޫޢުތަކަކީ ސްޓެލްކޯއިން އަމިއްލައަށް ފައިސާ ހޯދައިގެން ހިންގާ އައު މަޝްރޫޢުތަކެކެވެ.

މި މަޝްރޫޢުގެ ދަށުން މިހާރު ވަނީ ރަކީދޫގައި 22 ގަޑިއިރަށް އިޔާދަކުރަނިވި ހަކަތަ ލިބޭނެ ނިޒާމެއް ގާއިމްކޮށްފައެވެ. އަދި އިތުރު ފަސް ރަށެއްގައި މި ނިޒާމް ގާއިމްކުރުމަށް ވަނީ ރޭވިފައެވެ.

ފަހުމީ އިތުރަށް ވިދާޅުވި ގޮތުގައި މި މަޝްރޫޢުއާ މެދު ފާޑުކިޔާ ފަރާތްތަކަށް ރަކީދުއަށް ޒިޔާރަތްކޮށް މަޝްރޫޢު ބެލުމަށް ދަޢުވަތު ދެވިފައިވެއެވެ. މިއީ މަޝްރޫޢުގެ ކާމިޔާބީ އަމިއްލަ ލޮލުން ބެލުމުގެ ފުރުސަތު ކަމަށް އޭނާ ވިދާޅުވިއެވެ.

މި މަޝްރޫޢުތަކަކީ ރާއްޖޭގައި ސާފު ހަކަތަ އުފެއްދުމަށާއި ކަރަންޓުގެ ޚަރަދު ކުޑަކުރުމަށް އެޅޭ މުހިންމު ފިޔަވަޅުތަކެއް ކަމަށް ސްޓެލްކޯއިން ބުނެއެވެ. މި މަސައްކަތްތަކުން ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށާއި ދެމެހެއްޓެނިވި ތަރައްޤީއަށް މަގުފަހިވާނެ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.

މިއަދު އޮންލައިން