ރާއްޖޭގެ ނޭޝެނަލް ބަޔޯޑައިވަރސިޓީ ސްޓްރެޓެޖީ އެންޑް އެކްޝަން ޕްލޭން މުރާޖާކުރުމުގެ އިންސެޕްޝަން ވަރކްޝޮޕް ފަށައިފފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 32ސ
ރާއްޖޭގެ ނޭޝެނަލް ބަޔޯޑައިވަރސިޓީ ސްޓްރެޓެޖީ އެންޑް އެކްޝަން ޕްލޭން މުރާޖާކުރުމުގެ އިންސެޕްޝަން ވަރކްޝޮޕް ފަށައިފފި

ރާއްޖޭގެ ނޭޝެނަލް ބަޔޯޑައިވަރސިޓީ ސްޓްރެޓެޖީ އެންޑް އެކްޝަން ޕްލޭން މުރާޖާކުރުމުގެ އިންސެޕްޝަން ވަރކްޝޮޕް މިއަދު ވަނީ ފެށިފައެވެ. މި ވަރކްޝޮޕަކީ ކޮންވެންޝަން އޮން ބަޔޮލޮޖިކަލް ޑައިވާރސިޓީގެ ދަށުން 2022 ވަނަ އަހަރު އެކުލަވާލެވުނު ކުންމިން-މޮންޓްރިއަލް ގްލޯބަލް ބަޔޯޑައިވަރސިޓީ ފްރޭމްވާރކް ރާއްޖޭގައި ތަންފީޒުކުރުމަށް ކުރެވޭ މަސައްކަތެކެވެ.

ވަރކްޝޮޕް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ވަޒީރު ޠާރިޤު އިބްރާހިމް ވިދާޅުވީ ދިރޭތަކެތީގެ ނަސްލު ގެއްލުން ނުވަތަ ބަޔޯޑައިވާސިޓީ ލޮސްއަކީ މިހާރު ދުނިޔޭގެ ފެންވަރުގައި ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުން ކަމަށެވެ. އަދި ދިވެހިރާއްޖެއަކީ ގުދުރަތީ މާހައުލަށް ބަރޯސާވެފައި އޮންނަ ގައުމެއްކަމާއި، މިގައުމު އުފެދިފައިވަނީވެސް ފަރާއި ފަޅުގެ މާހައުލުތަކުން ކަމަށް ވެފައި ބަޔޯޑައިވާސިޓީ ހިމާޔަތްކޮށް ދެމެހެއްޓެނިވި އުސޫލުން ބޭނުންކުރުން ކަށަވަރު ކުރުމަށް ހަރުދަނާ ޓާގެޓްތައް ކަނޑައެޅުމުގެ މުހިންމުކަން ފާހަގަ ކުރެއްވިއެވެ.

ވަޒީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މި ޕްލޭން މިއަންނަ އަހަރުންނަ އަހަރު އިފްތިތާހުކޮށް ތަންފީޒުކުރަން ތައްޔާރުވާއިރު ކުރިއަށް އޮތް 10 އަހަރަށް ކަނޑައަޅާ ޓާގެޓްތައް ހާސިލްކުރަން ބޭނުންވާ އިންސާނީ ވަސީލަތްތަކާއި، ފަންނީ ގޮތުން ބޭނުންވާ ކަންތައްތަކާއި އަދި މާލީ ވަސީލަތްތައް ހޯދުމަކީ މުހިންމު ކަމެކެވެ.

ނޭޝެނަލް ބަޔޯޑައިވަރސިޓީ ސްޓްރެޓެޖީ އެންޑް އެކްޝަން ޕްލޭނަކީ 1992 ވަނަ އަހަރު ދިވެހިރާއްޖެ ސޮއިކޮށްފައިވާ ކޮންވެންޝަން އޮން ބަޔޮލޮޖިކަލް ޑައިވާރސިޓީ މުއާހަދާއިން ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލްކުރުމަށް ކޮންމެ 10 އަހަރަކުން އެކުލަވާލެވޭ ޕްލޭނެކެވެ. މި ވަރކްޝޮޕްގައި ޕްލޭން އެކުލަވާލުމަށް ކަނޑައަޅާފައިވާ ޑްރާފްޓާފްޓް ލަނޑުދަނޑިތައް ކަމާބެހޭ ފަރާތްތަކާ ހުށަހަޅައި، ޓާގެޓްތަކާ ބެހޭ ގޮތުން މަޝްވަރާކުރެވުނެވެ.

 

ހަބަރު: ސަރުކާރު

މިއަދު އޮންލައިން