އެވްރެޖްކޮށް ގާތްގަނޑަކަށް ކޮންމެ ގެއަކަށް، އާއްމުކޮށް އަޅުގަނޑުމެންގެ ސްޓެޓިސްޓިކް ބަލާއިރު 1000 ކިލޯވޯޓް /އަވަރަ އެބަ ބޭނުންވޭ. އެވްރެޖްކޮށް ހަމަ ކޮންމެ މަހަކު އެބަދޭ އެވަރުގެ ބިލްއެއް. ދެން ޖުމްލަ 30 ގޭބީސީ އެއީ ގެސްޓް ހައުސް ނުލާ. އަޅުގަނޑުމެން މިހާރު ސޯލާ ޖަހާފަ މިހުރީ އެ ގޭބީސީތަކުގެ. އެހެންމަ އޭގެ މާނައަކީ ގޭބީސީތަކަށް ވަރަށްބޮޑަށް އިނގިގެން ދާނެ. އެއީ (ބައެއް) ގޭގޭގެ ބިލް ހަމަ އެއްކޮށް ޒީރޯ ވެގެންދާނެ. އޭގެ އިތުރުން ސްޓެލްކޯއިން އެ ގޭގޭތަކަށް ފައިސާ ދޭ ހާލަތެއްވެސް ދާނެ. އެހެންމަ އެގޮތަށް، ރައްޔިތުންނަށް ވަރަށްބޮޑު ލުޔުމެއް ކަރަންޓް ބިލުން ލިބިގެން ދާނެ.
އައްމުކޮށް ކައުންސިލާއި ސިއްޙީމަރުކަޒު، އެތަންތަން އެއީ ސަރުކާރުގެ ތަންތަންވީމަ ހިލޭ ސޯލާ ޖަހަން ލިބިފަހުރި ތަންތަން .
ކަރަންޓް ބިލް ފަހަރެއްގަ. ކަރަންޓްބިލް ދަށްވާ ވާހަކަ، ފަހަރެއްގަ އޭގެ މާނަ އޮޅިދާނެ ކަންނޭންގެ. ކަރަންޓްބިލް މި ދަށް މިވަނީ އަޅުގަނޑުމެން އެބަ ކުއްޔަށް ނަގަން ގޭގޭގެ ފުރާޅުތައް. ކުއްޔަށް ނަގާފަ އެ ގޭގޭގެ ފުރާޅުތަކުގަ މި ޖަހަނީ ސޯލާ ޕެނަލް. އެހެންމަ އެ ސޯލާ ޕެނަލް ޖެހީމަ އެގޭގެ ބިލް އެ ޖަހާފަ ހުރި ނިސްބަތަށް ބަލާފަ އެބިލުން އުނިވެގެން މިދަނީ. ބޮޑު ފުރާޅެއް ވެއްޖެއްޔާމު ވަރަށް ގިނަ ސޯލާ ޕެނަލް ޖެހޭމެ. އެހެންވެއްޖެއްޔާ ވަރަށް ގިނަ ފައިސާ އެގޭގެ ބިލަށް އުނިވެގެން ދާނެ. އެހެންވެގެން ކުރިންވެސް ދެންނެވީ ބައެއް ގޭގޭގަ އަޅުގަނޑުމެން ސްޓެލްކޯއިން އެބަ ދޭންޖެހޭ އެފަރާތްތަކަށް. އެބޭފުޅުން ކަރަންޓް ބޭނުންކުރާތީ އެބޭފުޅުން ސްޓެލްކޯއަށް ފައިސާ ދިނުމުގެ ބަދަލުގައި މި ދޭންޖެހެނީ އެފަރާތްތަކަށް. އެހެންވީމަ މި މަހު އެގޭގޭގެ ބިލް ލިބިގެންދާނެ. ލިބިގެން ދިޔައީމަ އެބޭފުޅުންނަށް ސީދޤ، އަޅުގަނދުމެންނށް ރަނގަޅު އެބޭފުޅެއްގެ މައުލޫމާތު ހޯދާލިއްޔާ. އެއީ ފުރަތަމަ އަދި އަލަށް ގޭގެއަށް ބިލް ދާނެ. ދާއިރު އިންނާނެ 0 ބިލެއް. އެކަމަކު އަޅުގަނޑުމެން އެބަ ދޭންޖެހޭ ސޯލާ ޖެހީތީވެ އެ ދޭންޖެހޭ ފައިސާ.
(ސްެޓެލްކޯގެ ރިނީވަބަލް އެނަރޖީ ޑިޕާޓްމަންޓްގެ ޖެނެރަލް މެނޭޖަރ އިބްރާހީމް ނިޒާމް ހުކުރު ދުވަހު ވ. ރަކީދޫގަ ނޫސްވެރިންނަށް ދެއްވި މަޢުލޫމާތުގެ ތެރެއިން)