ގާތްގަނޑަކަށް ބައެއް ގޭބީސީތަކަށް ކަރަންޓް ބިލް ނުވެސް ދާނެ އިނގޭތޯ. ބޮޑެތި ގޭގެ މިހުންނަނީ، ދެން ޖަހާފަ ހުންނަ ސޯލާ ސިސްޓަމްވެސް ވަރަށް ބޮޑެތި. އެހެންވީމަ އެ ގޭގެއަށް ބިލް ނުވެސް ދާނެ. (މާނައަކީ ބިލަށް އެއްވެސް ފައިށާއެއް ދައްކާކަށް ނުޖެހޭނެއޭ)
އޭގެ އިތުރުން ބައެއް ގޭގެ އެބައޮތް، ސްޓެލްކޯއިން ލާރި ދޭންޖެހޭ ހާލަތެއްވެސް އެބައާދޭ. އެ ބޭނުންކުކުރެވޭ ނިސްބަތް ކުޑަވެފަ، އެ ގޭގޭގަ ބޭޑުފުރާޅެއް އޮތީމަ ގިނަގިނައިން ސޯލާ ޖެހެވޭނެއްނު. ސޯލާ ޖެހުމުގެ ނިސްބަތަށް ބަލާފަ، އެގޭގެއަށް ފައިސާ މިދެވެނީ. އެހެންވީމަ އެގޮތަށް އަޅުގަނޑުމެން ފުދޭވަރަކަށް ގިނަ ގޭގަ މިޙާރުވެސް 12 ގެއެއްގެ ފުރާޅު ބޭނުނުން ކުރެވިގެން މިހާރު ދީފަ. ދެން އެ ގޭގޭގެ ފަރާތުން އެއްކަލަ ބިލް، މިމަހު ލިބޭނެ ބިލް އިނގޭތޯ. ބިލް ލިބުނީމަ ދެން އަޅުގަނޑު ހިތުން މި ވަރަށް ޑިމާންޑް ބޮޑުވެގެން ދާނެ، ކުރިން ޖަހަން ބޭނުންނުވާ ގޭގޭވެސް ޖަހަން ބޭނުންވާނެކަން-
އަޅުގަނޑުމެން މިހާރު މި ގެންދަނީ މިކަމަށް ރައްޔިތުން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމް ކުރިއަށް ގެންދަމުން. އާއްމުކޮށްވިއްޔާމު ދުވާލުގަޑީގަ އަވިން މި ހަކަތަ މި ލިބެނީ، އެހެންވީމަ އަޅުގަނޑުމެން ދުވާލު ގަޑީގަ ބޭނުންވޭ، ހުރިހާ ރައްޔިތުންނަށް އެދެން، މިސާލަކަށް އިސްތިރި ކުރުމާއި، އެއްޗެހި ދޮވުމާއި މި ހުރިހާ ކަރަންޓް ނަގާ އާލާތްތަކެއް ބޭނުންކުރަން އެ ދުވާލުގަޑީގަ. ރޭގަނޑު، އަޅުގަނޑުމެން އާއްމުކޮށް މިކިޔަނީ، ރޭގަނޑު ލޯޑް ދަށްވީމަ އެކަން ކުރާށޭ. އެކަމު ރައްރަށުގަ މުޅިން މިވަނީ އޭގެ އިދިކޮޅު. ރައްރަށުގަ ސޯލާ ގިނަވެފަ، ސޯލާއިން އުފައްދަނީ ދުވާލު ގަޑީ ވީމަ ދުވާލު ގަޑީގަ މިޖެހެނީ އެ އާލާތްތައް ބޭނުންކުރަން. ދެން އާއްމުކޮށް އިސްތިރި އަކީ، އެންމެ ގިނައިން ކަރަންޓް ނަގާ އެ މަސެއްކަތް. ދެން ހަމަ ދޮންނަމެޝިނު އެއްޗިހިވެސް. އެހެންމަ ހަމަ މި ސާމާނުތައް ދުވާލު ގަޑީގަ ބޭނުންކުރުން ވަރަށްބޮޑަށް ޚަރަދު ކުޑަވެގެން ދާނެ އިނގޭތޯ!
12 ގެއެއްގެ. ދެން އިތުރަށް އަދި އެބައިން އަޅުގަނޑުމެންނަށް ރިކުއެސްޓެއް އައިއްސަ ދެއްތޯ. އަދި ދެން އަނެއްކާ އަޅުގަނޑުމެން މި ބަލަނީ މިމަހުގެ ފަހުން އަދި އިތުރު ގޭގެއައިން ބޭނުންވާނެކަމަށް ސޯލާ ޖަހަން، އެއީ އެބޭފުޅުން ގޭގެއަށް ލިބޭ އާމްދަނީއާ ބިލުން އެ އުނިވި އެއްޗަކަށް ބަލާފަ ދެން ހުރި ގޭގޭ ޝައުޤުވެރި ވާނެކަމަށް އަޅުގަނޑުމެން މި ބަލަނީ.
އަޅުގަނޑުމެން މިކޮޅަށް އެޕްލިކޭޝަން އައިއިރު 18 އިނީ. މިހާރު ޖަހާލެވިފަ އިނީ ޖުމްލަ. މިހާރު ޖަހާލާފަ އިނީ 12. އަދި ކިޔުގަ އެބައިން އިތުރު ރިކުއެސްޓެއް
އަޅުގަނޑުމެންނަށް އިންނަނީ އެރޭންޖްމެންޓް އައިއްސަ އެކައުންޓް ޓްރާންސްފާރ ދެއްތޯ. އެގްރިމެންޓެއް ހެދިގެން މިދަނީ ދެފަރާތުން ސްޓެލްކޯއާ، އެ ގޭބީސީތަކާ. ދެން އޭގަ އިންނާނެ އެ ބޭފުޅުން ބޭނުންވަނީ ބިލުން އުނި ކުރަންތޯ. ނޫނިއްޔާމު އެ ބޭފުޅުން އެ ދެއްވާ އެކައުންޓަށް ޓްރާންސްފާ ކުރަންތޯ. އެހެންމަ އެގޮތަށް ކޮންމެ މަހަކު އެ އެގްރިމެންޓްގަ އިން ގޮތަށް އެބައި ކުރިއަށް ދާނެ.
(ސްެޓެލްކޯގެ ރިނީވަބަލް އެނަރޖީ ޑިޕާޓްމަންޓްގެ ޖެނެރަލް މެނޭޖަރ އިބްރާހީމް ނިޒާމް ހުކުރު ދުވަހު ވ. ރަކީދޫގަ ނޫސްވެރިންނަށް ދެއްވި މަޢުލޫމާތުގެ ތެރެއިން)