ރަކީދޫގަ ޤާއިމުކުރި ސޯލާއިން ހަކަތައުފެއްދުމުގެ ނިޒާމަކީ އެންމެ އިތުބާރުހިފޭނެ ގޮތަށް ހިންގާ ނިޒާމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 37ސ
ރަކީދޫގަ ޤާއިމުކުރި ސޯލާއިން ހަކަތައުފެއްދުމުގެ ނިޒާމަކީ އެންމެ އިތުބާރުހިފޭނެ ގޮތަށް ހިންގާ ނިޒާމެއް!

އާދެ، އަޅުގަނޑުމެން މި ބަލަނީ ޤާއިމް ކުރެވިފަ ހުރި ސިސްޓަމަކީ މީ އީއެމްއެސް ލެވިގެން ޤާއިމް ކުރެވިފަ ހުރި ސިސްޓަމެއް ވީމަ ވަރަށް ބޮޑަށް ހިޔުމަން އިންޓަރެކްޓް ނޫނިއްޔާމު އޮޕަރޭޓަރުން އެޔަށް އިންޓަރެކްޓް ކުރަންޖެހޭ ނިސްބަތް ކުޑަވެގެންދާނެކަމަށް. 

ދެން އަޅުގަނޑުމެން މީ އާއްމުކޮށް ދުނިޔޭގައި ބެޓްރި ސިސްޓަމް ބަހައްޓާފަ ހުރި ފަރާތްތަކުން ބެޓްރިތައް މިހިރީ ގެނެސް ބަހައްޓާފަ. އެހެންމަ އެބޭފުޅުންނާ އަޅުގަނޑުމެންނާ ވަރަށް ގާތް ގުޅުމެއް.އަނެއްކާ މިހާރު ޤާއުމް ކުރެވޭނެ ސިސްޓަމަކީ ރިމޯޓްކޮށް އެބޭފުޅުންވެސް ބައްލަވަމުން ދާނެ ސިސްޓަމެއް އިނގޭތޯ. އަޅުގަނޑުމެން މި ސިސްޓަމް ހަމަ މާލެއންވެސް ހަމަ ފެންނަނެ ހުންނާނެ. 

އެހެންވީމަ އެއްވެސް ކަހަލަ އެލާމެއް އަޔަސް ނޫނީ އެއްވެސް އެއްޗެއްގަ މައްސަލައެއް އަޔަސް އަޅުގަނޑުމެންނަށް އެ ކުރީބައިގަ އިނގިގެންދާނެ. އަނެއްކާ އަޅުގަނޑުމެން އެޔަށް ފިޔަވަޅު އެޅިގެން ދާނެ. އަޅުގަނޑުމެން އަބަދުވެސް މީގެ ސްޕެއާރ އެބަ ގެންގުޅެން އިނގޭތޯ އެއްޗެއްގަ މައްސަލައެއް ޖެހުނަސް އަޅުގަނޑުމެން ހަމަ ބަދަލުކުރުމާއި. އަޅުގަނޑުމެންގެ ސްޓާފުންތަކެއް، މުވައްޒަފުންތަކެއް މިހާރު ވަނީ މިކަމަށް ޓްރެއިން ކުރެވިފަ. 

އަޅުގަނޑު ކުރީގަވެސް ކޮންމެ ޑިޔުޓީއެއްގަ ތިބޭނީ 2 ސްޓާފުން، ކޮންމެ 8 ގަޑިއިރުގެ 3 ޝިފްޓް ދުވާލަކު 24 ގަޑިއިރު މި އިންނަނީ. 2 ޝިފްޓް. ދެން މިހާރުވިއްޔާމު ބޮޑަށް ސިސްޓަމުން ބެލުމާއި ރެކޯޑް ބެލެހެއްޓުމުގަ އެ މުވައްޒަފުން މަސެއްކަތް ކުރަމުން ގެންދަވަނީ. އަނެއްހެން ކުރިގަ ވިއްޔާ އިންޖީނުރޫމަށް ވަދެ ތެޔޮ އަޅާ އިންޖީނު ސާފުކޮށް، މި ކަންތަކަށް ލުޔެއް ލިބިގެންދާނެ. ދެން އެކަމު މިހެން ދެންނެވިއެއް ކަމަކު އިންޖީނުތައް އަބަދުވެސް ހުންނަންޖެހޭނީ ރަނގަޅު ހާލަތްތަކުގަ. އެހެންވީމަ ހަފްތާއަކު އެއްފަހަރު ޖެހޭނެ އިންޖީނު ހިންނގާ ޓެސްޓްކޮށް، ހަމަ ކޮންމެ ކަމެއް ދިމާވިޔަސް އިންޖީނުވެސް ހަމަ ހިންގޭ ހާލަތުގަ ބަހައްޓަންޖެހޭނީ. އެޔަށް އަޅާނުލާ އަތް ދޫކޮށްލެވިގެން ހުރެގެން ނުވާނެ. 

މިއަދު ފުދޭވަރަކަށް ވިއްސާރަވީމަ ލޯޑުވެސް ދަށްކޮށް މިއުޅެނީ. މިސާލަކަށް 40 ކިލޯ ވޯޓްގަ މިއުޅެނީ މިވަގުތު. ދެން އެ ލޯޑަށް ކަރަންޓް ދިނުމަށް މައިގަނޑު 3 ބައެއް. އެއްބަޔަކީ ސޯލާ، ދެވަނަ ބަޔަކީ ބެޓެރި. 3 ވަނަ ބަޔަކީ ޖެނެރޭޓަރ. ދުވާލު ގަޑީގަ މިހާރުވެސް ދަށްވަމުން މިދަނީ، މިހާރު 22. އާންމުކޮށް ދުވާލު ގަޑީގަ މެންދުރު11، 12، 1، 2 އެއް ޖަހާލާއިރު އުޅޭނީ 40 ކިލޯ ވޯޓުގަ އަވިދީފަ އޮންނަ ގަޑީގައި. އެހެންމަ މިހާރު މިހިރީ 22 ކިލޯ ވޯޓްގަ. އޭގެ މާނައަކީ ރަށުގެ ލޯޑް އަށް މި ބޭނުންވަނީ 40 ކިލޯ ވޯޓްއޭ. 40 ކިލޯ ވޯޓް ރަށަށް ބެނުންވާ އިރުގަ 22 ކިލޯ ވޯޓް ސޯލާ އުފެއްދީމަ އަދި އެބަ މަދުވޭ 20 ކިލޯ ވޯޓް. އެހެންވެގެން ބާކީ އިންނަ ބައި މިލަނީ ބެޓެރިއަށް. 

ބެޓެރީގަ ނިސްބަތް ހުރިވަރު. މީގަ އެބައުޅޭ 86 ޕަސެންޓް އަދި. ބެޓްރީގަ އެބަހުރި ޗާޖު. އެހެންވީމަ 6 ޖަހާއިރުގަ ސޯލާ އެއްކޮށް ނިވޭނެ. ސޯލާ އެއްކޮށް ދާނެ. ދިޔައީމަ ދެން މި ހުރިހާ ކަރަންޓެއް ފޯރު ކޮށްދޭނީ ބެޓެރި. ދެން ބެޓެރިވެސް ޗާޖު ދަށްވަމުން ދަށްވަމުންގޮސް 25 ޕަސެންޓަށް. އެއީ ބެޓްރީގެ ސަލާމަތަކަށް ބައިންދަން އިންނަ، ހަލާކުވިޔަ ނުދޭން އިންނަ ފަންގްޝަން އެއް އެއީ. އެހިސާބަށްދިޔައީމަ ދެން އޮޓޯއިން ފޮނުވަންވީ ސިގްނަލް ޖެނެރޭޓަރ ހިންގަން. އޮޓޯއިން ޖެނެރޭޓަރު ހިންގަން ފޮނުވާނެ. ފޮނުވީމަ ދެން ކަރަންޓް ދޭނީ ޖެނެރޭޓަރުން. އެއީ ބެޓްރީގަ އެހާ ޗާޖު ނެތީވިއްޔާމު. އަނެއްކާ އިރު އަރާއިރު، 6 އެއް ޖަހާއިރު 6 ގަޑި ބައިން މުޅި ސޯލާއިން އުފައްދަން ފަށާނެ. ގާތްގަނޑަކަށް 10 އެއް ޖަހާއިރު މުޅި ސޯލާއިން ރަށަށް ކަރަންޓް ދީފަ އަދި އިތުރަށް ބެޓްރި ޗާޖްކުރަން ފަށާނެ. 

ދެން އޭގެ އިތުރަށް އަޅުގަނޑުމެން އަދި އެބަ ގެންދަން ފެނިލައްވާނެކަންނޭންގެ ބަނދަރުމަތިން ދެއްތޯ ސޯލާ ސްޓްރީޓް ލައިޓް. އެވެސް ހަމަ އެނާރޖީ ސޭވް ކުރަންވެގެން އަޅުގަނޑުމެން ހިންގާފަ ހުރި ޕްރޮގްރާމްތަކެއް. 

(ސްެޓެލްކޯގެ ރިނީވަބަލް އެނަރޖީ ޑިޕާޓްމަންޓްގެ ޖެނެރަލް މެނޭޖަރ އިބްރާހީމް ނިޒާމް ހުކުރު ދުވަހު ވ. ރަކީދޫގަ ނޫސްވެރިންނަށް ދެއްވި މަޢުލޫމާތުގެ ތެރެއިން)

 

މިއަދު އޮންލައިން