ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން މިއަދު "ޗާލު ވެށި – މަގޭ ޒިންމާ" ނަމުގައި ޚާއްޞަ ޙަރަކާތެއް ފަށައިފިއެވެ.
މި ޙަރަކާތުގެ މަޤްޞަދަކީ ކުންފުނީގެ ސަބް ސްޓޭޝަންތަކާއި މަގުމަތީގައި ހުރި ޑިސްޓްރިބިއުޝަން ފޮށިތައް ސާފުކޮށް ބެލެހެއްޓުމެވެ.
މި ކުންފުނީގެ ސަބް ސްޓޭޝަންތަކާއި މަގުމަތީގައި ހުރި ޑިސްޓްރިބިއުޝަން ފޮށިތަކުގައި ތަތްކޮށްފައިވާ އިޝްތިހާރު ފަދަ ތަކެތި ނައްޓައި، ސަބް ސްޓޭޝަންތަކާއި ޑިސްޓްރިބިއުޝަން ފޮށިތައް ސާފުކުރުމަށް ކުންފުނީގެ މުވައްޒަފުން ހިންގާ 'ޗާލު ވެށި – މަގޭ ޒިންމާ' ޙަރަކާތް މިއަދު ވަނީ ފަށާފައި. މި… pic.twitter.com/4BofzfZCYu
— STELCO (@STELCOMALDIVES) November 30, 2024
މި ޙަރަކާތް ރަސްމީކޮށް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ އަލްފާޟިލް ޠާރިޤް އިބްރާހީމާއި، މާލެ ސިޓީގެ މޭޔަރ ޑރ. އާދަމް ޢާޒިމް އަދި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް ޙުސައިން ފަހުމީއެވެ. މި ރަސްމިއްޔާތު ބޭއްވުނީ މިއަދު ހެނދުނު ސްޓެލްކޯގެ މައި އޮފީހުގައެވެ.
"ޗާލު ވެށި – މަގޭ ޒިންމާ" ޙަރަކާތުގެ ދަށުން ސްޓެލްކޯގެ މުވައްޒަފުން ކުންފުނީގެ ސަބް ސްޓޭޝަންތަކާއި މަގުމަތީގައި ހުރި ޑިސްޓްރިބިއުޝަން ފޮށިތަކުގައި ތަތްކޮށްފައިވާ އިޝްތިހާރު ފަދަ ތަކެތި ނައްޓައި، އެ ތަންތަން ސާފުކުރާނެއެވެ.
މި ޙަރަކާތުގެ ސަބަބުން މާލޭގެ މަގުތަކުގެ ސާފުތާހިރުކަން އިތުރުވާނެކަމަށް އުންމީދުކުރެވެއެވެ.