ރައީސް ދަތުރުކުރެއްވީ ފަސްޓް ކްލާހުގައި ކަމަށް ބުނެ ޝާއިޢުކުރި ޚަބަރާ ގުޅިގެން އަދަދު ނޫހުން މަޢާފަށް އެދިއްޖެ

މިއަދު
ކިޔުމަށް ހޭދަވާނީ 48ސ
ރައީސް ދަތުރުކުރެއްވީ ފަސްޓް ކްލާހުގައި ކަމަށް ބުނެ ޝާއިޢުކުރި ޚަބަރާ ގުޅިގެން އަދަދު ނޫހުން މަޢާފަށް އެދިއްޖެ

ރައީސް މުޙައްމަދު މުޢިއްޒު އެމެރިކާއަށް ކުރެއްވި ރަސްމީ ދަތުރުފުޅާ ގުޅޭގޮތުން އަދަދު ނޫހުން ޝާއިޢުކުރި ނުބައި މަޢުލޫމާތަކަށް އެ ނޫހުން މަޢާފަށް އެދިއްޖެއެވެ.

މިއަދު އަދަދު ނޫހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރައީސް ދަތުރުކުރެއްވީ ފަސްޓް ކްލާހުގައި ކަމަށް ބުނެ ޝާއިޢުކުރި ޚަބަރަކީ މަޢުލޫމާތުގެ ކުށެއް ކަމަށެވެ.

އަދަދު ނޫހުން އިތުރަށް ސާފުކޮށްދީފައިވަނީ ރައީސް ޑރ.މުޢިއްޒު ވަޢުދުވެވަޑައިގެންފައިވާ ގޮތަށް ބިޒްނަސް ކްލާހުގައި ދަތުރުކުރެއްވި ކަމަށެވެ. މި ނުބައި މަޢުލޫމާތު ހިމެނޭ ޚަބަރު ނަގައި، އެ ކުށް އިސްލާހުކޮށްފައިވާ ކަމަށްވެސް އަދަދު ނޫހުން ބުނެފައިވެއެވެ.

ރައީސް މުޙައްމަދު މުޢިއްޒު އެމެރިކާއަށް ކުރެއްވި މި ރަސްމީ ދަތުރުފުޅަކީ އދ. ގެ 78 ވަނަ އާންމު މަޖިލީހުގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ރައީސް އދ. ގެ އާންމު މަޖިލީހާއި ސަލާމަތީ މަޖިލީހުގައި ވާހަކަފުޅު ދެއްކެވުމުގެ އިތުރުން، އެހެނިހެން މުހިންމު ބައްދަލުވުންތަކުގައިވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މިއަދު އޮންލައިން