ރާއްޖޭގައި އެއިޑްސް ބަލި ޖެހިފައިވާ 32 މީހަކަށް އަންނަނީ ފަރުވާދެމުން: އެޗްޕީއޭ

މިއަދު
ކިޔުމަށް ހޭދަވާނީ 49ސ
ރާއްޖޭގައި އެއިޑްސް ބަލި ޖެހިފައިވާ 32 މީހަކަށް އަންނަނީ ފަރުވާދެމުން: އެޗްޕީއޭ

ރާއްޖޭގައި މިހާރު 32 އެއިޑްސް ބަލިމީހުންނަށް ފަރުވާދެމުން އަންނަކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.

އެއިޑްސްއަކީ އެޗްއައިވީ ވައިރަހުން ޖެހޭ ބައްޔެއް ކަމަށާއި، ރާއްޖޭގައި 1991 އިން ފެށިގެން މިހާތަނަށް 49 މީހުންނަށް މިބަލި ޖެހިފައިވާ ކަމަށް އެޗްޕީއޭ އިން ބުނެފައިވެއެވެ.

އެޗްއައިވީ ފެތުރެނީ ރައްކާތެރިނޫން ޖިންސީގުޅުމުންނާއި، މަސްތުވާތަކެތި ބޭނުންކުރާ ވަސީލަތްތައް ބައިވެރިވުމުން، އަދި މައިމީހާއިން ދަރިފުޅަށެވެ. އަދި ރާއްޖޭގެ ހުރިހާ ހޮސްޕިޓަލަކުންނާއި ޝީއިން އެޗްއައިވީ ޓެސްޓް ކުރެވެއެވެ.

އެޗްޕީއޭ އިން އިތުރަށް ބުނެފައިވަނީ، ގަވާއިދުން ފަރުވާ ހޯދައިފިނަމަ އާންމު ދިރިއުޅުމެއް އުޅެވިދާނެ ކަމަށެވެ. މިއަހަރުގެ އެއިޑްސް ދުވަހުގެ ޝިއާރަކީ "އެޗްއައިވީ އާއެކު ދިރިއުޅުން" ކަމުގައި އެޗްޕީއޭ އިން ހާމަކޮށްފައިވެއެވެ.

ކޮންމެ އަހަރެއްގެވެސް ޑިސެމްބަރ މަހުގެ 1 ވަނަ ދުވަހަކީ ދުނިޔޭގެ އެއިޑްސް ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހެވެ. 

މިއަދު އޮންލައިން