ކެބިނެޓަށް ބަދަލު ގެންނަން އުޅޭކަމަށް ބުނާ ވާހަކަތަކަކީ ދޮގު ވާހަކަތަކެއް ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު މިއަދު ވިދާޅުވެއްޖެއެވެ.
ހީނާ ވަލީދު ވިދާޅުވި ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ ކެބިނެޓަށް އެއްވެސް ބަދަލެއް ގެންނަވަން ނިންމަވާފައެއް ނުވެއެވެ. އަދި މިފަދަ ވާހަކަތައް ފެތުރެމުންދަނީ ސޯޝަލް މީޑިއާގައި ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
"ކެބިނެޓަށް ބަދަލު ގެންނަވަން ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާކަމަށް ބުނާ ވާހަކަތަކަކީ އެއްވެސް ޙަޤީޤަތެއް އޮތް ވާހަކަތަކެއް ނޫން. މިއީ ހަމައެކަނި ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ދޮގު މަޢުލޫމާތު،" ހީނާ ވިދާޅުވިއެވެ.
އެންމެ ފަހުން ކެބިނެޓަށް ގެނެވުނު ބަދަލަކީ، މާލީ ވަޒީރުކަމަށް މޫސާ ޒަމީރު އައްޔަން ކުރައްވައި، ސިއްޙަތާބެހޭ ވަޒީރުކަމަށް ޢަބްދުﷲ ނާޡިމް އަދި ޚަރިޖީ ވަޒީރަކަށް އަބްދުﷲ ޚަލީލް އައްޔަން ކުރެއްވުމެވެ.