ކޮޕީރައިޓްގެ ޤާނޫނަށް ހުށަހެޅި އިސްލާޙު ފާސްކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 50ސ
ކޮޕީރައިޓްގެ ޤާނޫނަށް ހުށަހެޅި އިސްލާޙު ފާސްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކޮޕީރައިޓާއި އެއާގުޅޭ ޙައްޤުތަކުގެ ޤާނޫނަށް ހުށަހެޅިފައިވާ އިސްލާޙު ފާސްކޮށްފިއެވެ. މި އިސްލާޙަކީ އުފެއްދުންތެރިކަމާއި މުދަލުގެ މިލްކުވެރިކަން އިތުރަށް ހަރުދަނާކުރުމަށް މަގުފަހިކޮށްދޭނެ ބަދަލުތަކެއް ކަމަށް ބެލެވެއެވެ.

ފާސްކުރެވުނު އިސްލާޙުގެ ދަށުން، ކޮޕީރައިޓް ޙިމާޔަތް ލިބޭ އުފެއްދުންތަކުގެ ދާއިރާ ފުޅާކުރެވި، ޙިމާޔަތުގެ މުއްދަތު މިހާރުގެ 50 އަހަރުން 70 އަހަރަށް އިތުރުކުރެވިގެންދާނެއެވެ. މީގެ އިތުރުން، ކޮޕީރައިޓަށް އަރައިގަތުމުން ދަޢުވާކުރުމުގެ ޙައްޤު ވެރިފަރާތަށް ލިބިދެވޭނެއެވެ.

އިސްލާޙުގައި ހިމެނޭ އެހެން މުހިންމު ނުކުތާއެއްގެ ގޮތުގައި، ކޮޕީރައިޓަށް އަރައިގަތުމުން 10,000 ރުފިޔާއިން ފެށިގެން 100,000 ރުފިޔާއާ ހަމައަށް ބަދަލު ނެގުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. އަދި ގަސްތުގައި ޙައްޤަށް އުނިކަން ގެނައުމުން 50,000 ރުފިޔާއިން ފެށިގެން 300,000 ރުފިޔާއާ ހަމައަށް ޖޫރިމަނާކުރެވޭނެއެވެ.

މި އިސްލާޙު ފާސްވުމާއެކު، ދިވެހިރާއްޖޭގައި އުފެއްދުންތެރިކަން އިތުރަށް ކުރިއަރައި، ފަންނުވެރިންނާއި އުފެއްދުންތެރިންގެ ޙައްޤުތައް އިތުރަށް ރައްކާތެރިކުރެވިގެންދާނެ ކަމަށް ބެލެވެއެވެ. 

މިއަދު އޮންލައިން