މަސްތުވާތަކެތީގެ ވިޔަފާރިން ހޯދާ ފައިސާއާއި މުދާ ދައުލަތަށް ނެގޭގޮތަށް ޤާނޫނު ބަދަލުކުރަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ
މަސްތުވާތަކެތީގެ ވިޔަފާރިން ހޯދާ ފައިސާއާއި މުދާ ދައުލަތަށް ނެގޭގޮތަށް ޤާނޫނު ބަދަލުކުރަނީ

މަސްތުވާތަކެތީގެ ވިޔަފާރިން ހޯދާ ފައިސާއާއި މުދާ ދައުލަތަށް ނެގޭގޮތަށް މަސްތުވާތަކެތީގެ ޤާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިއްޖެއެވެ. މި އިސްލާހުތަކުގެ މަޤްޞަދަކީ މަސްތުވާތަކެތީގެ ވިޔަފާރި ހުއްޓުވުމާއި، ފަރުވާދިނުމުގެ ނިޒާމު ހަރުދަނާކުރުން ކަމަށް ވެއެވެ.

މި އިސްލާހުތަކުގެ ދަށުން، ޤާނޫނު ތަންފީޒުކުރާ ފަރާތްތަކަށް ލިބޭ ބާރުތައް އިތުރުކުރުމާއެކު، މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުންނަށް ފަރުވާދޭ ނިޒާމު ހަރުދަނާކުރުމަށްވެސް ހުށަހަޅާފައިވެއެވެ. މީގެ އިތުރުން، ނޭޝަނަލް ޑްރަގް ކައުންސިލްގެ މެންބަރުންގެ އަދަދު 13 އަށް އިތުރުކުރުމަށްވެސް ހުށަހަޅާފައިވެއެވެ.

އަލަށް ކޮންޓްރޯލް ކުރަންޖެހޭ މަސްތުވާތަކެތި ކޮންޓްރޯލް ކުރެވޭނެ ނިޒާމެއް ތަޢާރަފުކުރުމާއި، ޑްރަގު ކޯޓު ހިންގުމުގެ އުސޫލުތައް މުރާޖަޢާކުރުމަކީވެސް މި އިސްލާހުތަކުގައި ހިމެނޭ މުހިންމު ބަދަލުތަކެވެ.

މި އިސްލާހުތައް ފާސްވެއްޖެނަމަ، މަސްތުވާތަކެތީގެ ވިޔަފާރިއާ ދެކޮޅަށް ކުރެވޭ މަސައްކަތްތައް އިތުރަށް ހަރުދަނާވެ، މި ނުރައްކާތެރި ވަބާއިން މުޖުތަމަޢު ސަލާމަތްކުރުމަށް އެޅޭ މުހިންމު ފިޔަވަޅަކަށް ވެގެންދާނެ ކަމަށް ބެލެވެއެވެ. މި އިސްލާހުތަކާ މެދު މަޖިލީހުގައި މަޝްވަރާކުރެވި، ވޯޓަށް އެހުން ކުރިއަށް ދާނެ ކަމަށް ލަފާކުރެވެއެވެ.

މިއަދު އޮންލައިން