ޗެރިޓީ ބާޒާރު 2024 ގައި ޕާކިސްތާނުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންއިން ބައިވެރިވެއްޖެ

މިއަދު
ކިޔުމަށް ހޭދަވާނީ 36ސ
ޗެރިޓީ ބާޒާރު 2024 ގައި ޕާކިސްތާނުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންއިން ބައިވެރިވެއްޖެ

ޕާކިސްތާނުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންއިން، 'ޕާކިސްތާން ފޮރިން އޮފިސް ވިމެންސް އެސޯސިއޭޝަން' (PFOWA) އިން އިންތިޒާމްކޮށްގެން ބޭއްވުނު 'އެނުއަލް ޗެރިޓީ ބާޒާރު 2024' ގައި ބައިވެރިވެ ރާއްޖެ ތަމްސީލްކޮށްފިއެވެ.

މި ޗެރިޓީ ބާޒާރަކީ PFOWA އާއި އިސްލާމްއާބާދުގައި ހުންނަ ޑިޕްލޮމެޓިކް މިޝަންތަކާ ގުޅިގެން ކޮންމެ އަހަރަކުވެސް ބާއްވަމުންދާ ހަރަކާތެކެވެ.

މި އަހަރުގެ މި ހަރަކާތް އިފްތިތާހުކޮށްދެއްވާފައިވަނީ ޕާކިސްތާނުގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރ އަދި މިނިސްޓަރ ފޮރ ފޮރިން އެފެއާޒް ހިޒް އެކްސެލެންސީ މުޙައްމަދު އިޝްހާޤް ޑަރްއެވެ.

 

ހަބަރު: ސަރުކާރު

މިއަދު އޮންލައިން