އެންސްޕާއިން ކުއްޔަށް ހިފި އިމާރާތުގެ އެއްބަސްވުން ނިމުމަކަށް ގެންނަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 50ސ
އެންސްޕާއިން ކުއްޔަށް ހިފި އިމާރާތުގެ އެއްބަސްވުން ނިމުމަކަށް ގެންނަނީ

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ކުއްޔަށް ހިފި އިމާރާތުގެ އެއްބަސްވުން ނިމުމަކަށް ގެންނަން ނިންމައިފިއެވެ. މި ނިންމުން ނިންމާފައިވަނީ ކުއްޔަށްދިން ކުންފުނީގެ އެދުމުގެ މަތިންނެވެ.

އެންސްޕާއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، އެ އިދާރާއިން ކުރިން ހިންގަމުން އައި "މޫކައި ސުއިޓްސް" މަރާމާތަށް ހުސްކުރަން ޖެހުމާ ގުޅިގެން އައު ތަނެއް ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދިޔައެވެ. މި ގޮތުން މޯލްޑިވްސް މީޑިއާ ހައުސްގެ ތަނެއް ކުއްޔަށް ހިފުމަށް މަސައްކަތްކުރެވުނެވެ.

ނަމަވެސް، މޯލްޑިވްސް މީޑިއާ ހައުސްގެ އަގު ވައްޓާލުމުގެ ވާހަކަތަކެއް ދެކެވެން ފެށުމާ ގުޅިގެން، އެ ކުންފުނިން އެންސްޕާއާއެކު ވެފައިވާ އެއްބަސްވުން ނިމުމަކަށް ގެނައުމަށް އެދުނެވެ. އެންސްޕާއިން ބުނާ ގޮތުގައި މި މައްސަލައާ ގުޅޭ ތަޙުޤީޤެއް ހިންގުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގައި އެދިފައިވެއެވެ.

މިއަދު އޮންލައިން