ސްޓެލްކޯގެ ބިޒްނަސް ސެންޓަރު ވަރަށް އަވަހަށް ހުޅުވޭނެ! ހުރިހާ ތަޢްރީފެއް ސްޓެލްކޯގެ ޤާބިލް މަސައްކަތްތެރިންނަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 41ސ
ސްޓެލްކޯގެ ބިޒްނަސް ސެންޓަރު ވަރަށް އަވަހަށް ހުޅުވޭނެ! ހުރިހާ ތަޢްރީފެއް ސްޓެލްކޯގެ ޤާބިލް މަސައްކަތްތެރިންނަށް!

ސްޓެލްކޯގެ ބިޒްނަސް ސެންޓަރު ވަރަށް އަވަހަށް ހުޅުވޭނެ ކަމަށާއި ކުރު މުއްދަތެއްގެ ތެރޭގައި މިމަސައްކަތް އެހައި ކާމިޔާބުކަމާއިއެކު ކޮށް ނިންމައިލެވުނީ ސްޓެލްކޯގެ ހިތްވަރުގަދަ، ޚިދުމަތްތެރި، ޤާބިލް، ހުނަރުވެރި މުވައްޒިފުންގެ ސަބަބުން ކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީ ވިދާޅުވެއްޖެއެވެ. 

އަދި ސްޓެލްކޯގެ މުވައްޒިފުންގެ ޓީމުން މި މަސައްކަތްކުރުމުން މަޝްރޫޢަށް ކުރަންޖެހޭނެ ބޮޑު ހޭދައިން ވަރަށް ބޮޑު ބައެއް ކުޑަކުރެވިއްޖެކަންވެސް ފަހުމީ ވަނީ ފާހަގަކުރައްވައިފައެވެ. 

އެމްޑީ ޙުސައިން ފަހުމީގެ ބަސްފުޅު:

ޙަމްދުހުރީ ﷲ ތަޢާލާއަށެވެ! 

ސްޓެލްކޯގެ ވިޔަފާރި މަރުކަޒު ޑިޒައިންކޮށް ކުރު މުއްދަތެއްގައި ބިނާކުރުމުގައި ސްޓެލްކޯގެ މުވައްޒަފުންގެ ފަރާތުން ލިބުނު ފަސްނުޖެހޭ ޚިދުމަތްތެރިކަމާއި ހޯދި ޚާއްޞަ ކާމިޔާބީއަށް އަޅުގަނޑު އިޚްލާޞްތެރިކަމާއެކު ތައުރީފުކުރަމެވެ. މުވައްޒިފުން އަމިއްލައަށް މިމަސައްކަތް ކުރުމުން ކުންފުންޏަށް ވަނީ ގިނަ ޢަދަދެއްގެ ފައިސާ ސަލާމަތްކުރެވިފައެވެ. 

މި ލޭންޑްމާކް ޕްރޮޖެކްޓް ވެގެންދާނީ އަޅުގަނޑުމެންގެ ޓީމުގެ އެއްވެސް ތަފާތެއް ނެތް ހުނަރާއި، ތަޖުރިބާއާއި، ކޮމިޓްމަންޓް ދައްކުވައިދޭ، އިނޮވޭޓިވް ޑިޒައިންއާއި މޮޅު ކުޅަދާނަކަމުގެ ވިދާ މިސާލެއްގެ ގޮތުގައެވެ. މި އާދަޔާ ހިލާފު މަސައްކަތުގެ އަގުވަޒަންކޮށް ޝަރަފުވެރިކަން ދިނުމަށް ސްޓެލްކޯގެ މެނޭޖްމަންޓުން ސާބިތުވެ އެބައޮތެވެ. އަޅުގަނޑުމެން އިންތިޒާރު ކުރަނީ ވަރަށް އަވަހަށް މި ފާހަގަކޮށްލެވޭ މަރުކަޒު ރަސްމީކޮށް ހުޅުވޭނެ ކަމަށެވެ.

މިއަދު އޮންލައިން