މާލީ ވުޒާރާއިން 20 އަހަރުގެ ޤައުމީ ތަރައްޤީގެ ޕްލޭން އެކުލަވާލުމަށް ކޮންސަލްޓެންސީ ފާރމެއް ހޯދަން އިޢުލާންކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 5ސ
މާލީ ވުޒާރާއިން 20 އަހަރުގެ ޤައުމީ ތަރައްޤީގެ ޕްލޭން އެކުލަވާލުމަށް ކޮންސަލްޓެންސީ ފާރމެއް ހޯދަން އިޢުލާންކޮށްފި

20 އަހަރުގެ ޤައުމީ ތަރައްޤީގެ ޕްލޭން އެކުލަވާލުމަށް ލޯކަލް ކޮންސަލްޓެންސީ ފާރމެއް ހޯދުމަށް މާލީ ވުޒާރާއިން އިޢުލާންކޮށްފިއެވެ.

މި ޕްލޭނަކީ 2025 އިން 2045 އަށް ރާއްޖޭގެ އިޤްތިޞާދީ، އިޖްތިމާޢީ، ތިމާވެށި އަދި އާބަން ޑިވެލޮޕްމަންޓުގެ ދެމެހެއްޓެނިވި ތަރައްޤީގެ ތަޞައްވުރެއް އެކުލަވާލުމަށް ތައްޔާރުކުރެވޭ ޕްލޭނެކެވެ.

މާލީ ވުޒާރާއިން މަޢުލޫމާތު ދެއްވިގޮތުގައި، މި މުހިންމު މަސައްކަތް ކުރިއަށްދާނީ ރައީސް އޮފީހާއި، ގެދޮރުވެރިކަމާ ބިމާ ޢުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާ، ޔޫއެންޑީޕީ އަދި އެހެނިހެން ކަމާގުޅޭ ފަރާތްތަކާ ގުޅިގެންނެވެ. މި މަޝްރޫޢުގެ މުހިންމުކަން ފާހަގަކޮށް، އޮސްޓްރޭލިއާ ސަރުކާރުން މި މަސައްކަތަށް 9.4 މިލިއަން ރުފިޔާގެ އެހީ ދީފައިވާކަން ވެސް ވުޒާރާއިން ހާމަކުރެއްވިއެވެ.

މި ޕްލޭން އެކުލަވާލުމުގެ މަޤްޞަދަކީ ކުރިއަށް އޮތް 20 އަހަރުގެ ތެރޭގައި ރާއްޖޭގެ ތަރައްޤީ ކުރިއަށް ގެންދާނެ ގޮތުގެ ސާފު ތަޞައްވުރެއް އެކުލަވާލުމެވެ. މީގެ ތެރޭގައި އިޤްތިޞާދީ ކުރިއެރުމާއި، އިޖްތިމާޢީ ތަރައްޤީ، ތިމާވެށި ރައްކާތެރިކުރުން އަދި ޢުމްރާނީ ތަރައްޤީ ހިމެނެއެވެ.

ކޮންސަލްޓެންސީ ފާރމް ހޯދުމަށް ކުރެވުނު އިޢުލާނާ ގުޅިގެން ޝައުޤުވެރިވާ ފަރާތްތަކުން ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ޕްރޮޕޯސަލް ހުށަހެޅުމަށް ވުޒާރާއިން ބުނެފައިވެއެވެ.

 

މިއަދު އޮންލައިން