އިސްލާމީ މަރުކަޒުގެ އިސް އިމާމު ފަޞީލައްތުއްޝައިޚް މުޙައްމަދު ލަޠީފް އައްޑޫ ސިޓީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އައްޑޫ ސިޓީގައި އިމާރާތްކުރަމުންދާ އިސްލާމީ މަރުކަޒުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލައްވައިފިއެވެ.
މިއަދު ހެނދުނު އެ މަސައްކަތް ކުރިއަށްދާ ސައިޓަށް ވަޑައިގަންނަވާ އިމާރާތުގެ މަސައްކަތް ކުރިއަށްދާ ގޮތާއި، މަސައްކަތް ކުރިއަށް ގެންދިއުމުގައި ދިމާވާ ދަތިތަކާއި ކުރިއަށްހުރި މަސައްކަތްތަކާއި ގުޅޭ ގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.
2 ފަންގިފިލާގެ އައްޑޫސިޓީ އިސްލާމީ މަރުކަޒުގައި 1500 މީހުންގެ ޖާގައިގެ ނަމާދުކުރާ ބަޔަކާއި 450 މީހުންގެ ޖާގައިގެ މަލްޓި ޕަރޕަސް ހޯލަކާއި 4 ކްލާސްރޫމާއި 2 ސެމިނަރ ރޫމްގެ އިތުރުން އިދާރީ އޮފީހާއި އިސްލާމިކް ލައިބްރަރީ އަދި ޕޭންޓްރީ މި މަރުކަޒުގައި ހިމެނެއެވެ.
ހަބަރު: ސަރުކާރު