ސްޓެލްކޯގައި މަސައްކަތްކުރާ ނުކުޅެދުންތެރިކަން ހުންނަ މުވައްޒަފުން ތަފާތެއްނެތި މަސައްކަތް ކުރަމުންދާކަމީ ނުހަނު ފަޚުވެރިވާކަމެއް: ފަހުމީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 11ސ
ސްޓެލްކޯގައި މަސައްކަތްކުރާ ނުކުޅެދުންތެރިކަން ހުންނަ މުވައްޒަފުން ތަފާތެއްނެތި މަސައްކަތް ކުރަމުންދާކަމީ ނުހަނު ފަޚުވެރިވާކަމެއް: ފަހުމީ

ސްޓެލްކޯގައި މަސައްކަތްކުރާ ނުކުޅެދުންތެރިކަން ހުންނަ މުވައްޒަފުން ތަފާތެއްނެތި މަސައްކަތް ކުރަމުންދާކަމީ ނުހަނު ފަޚުވެރިވާކަމެއް ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ގެ މެނޭޖިންގ ޑިރެކްޓަރު ޙުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.

މިއަދު (3 ޑިސެމްބަރ 2023) ފާހަގަކުރެވޭ ބައިނަލްއަޤްވާމީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހާ ގުޅިގެން ފަހުމީ ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަސް މިއަދު ފާހަގަ ކުރަމުންދާއިރު، އެކި ކަހަލަ ނުކުޅެދުންތެރިކަން ހުންނަ 50 މުވައްޒަފުން، ވަރަށް ހީވާގިކަމާއެކު އެހެން މުވައްޒަފުންނާއި ތަފާތެއްނެތި ސްޓެލްކޯގައި މަސައްކަތް ކުރަމުންދާކަމީ އަޅުގަނޑުމެން ނުހަނު ފަޚުވެރިވާކަމެއް ކަމަށެވެ.

"ސްޓެލްކޯގައި މަސައްކަތްކުރާ ނުކުޅެދުންތެރިކަން ހުންނަ މުވައްޒަފުން މި މުޖުތަމަޢުއަށް ސާބިތުކޮށްދެމުންދަނީ، ތަފާތުކުރުމެއްނެތި ފުރުސަތު ލިބިދީފިނަމަ ކޮންމެ މީހަކީވެސް މަސައްކަތުގެ މާޙައުލާއި މުޖުތަމަޢުގައި ފުރިހަމައަށް ހިއްސާވެވޭނެ މީހެއްކަން،" ފަހުމީ ވިދާޅުވިއެވެ.

ފަހުމީ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ނުކުޅެދުންތެރިކަން ހުންނަ މުވައްޒަފުންނަށް ހަމަހަމަ ފުރުސަތުތައް ދިނުމަކީ ސްޓެލްކޯގެ އަމާޒުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އަދި މި މުވައްޒަފުންގެ ޤާބިލުކަމާއި ހުނަރު ބޭނުންކޮށްގެން ކުންފުނީގެ އުފެއްދުންތެރިކަން އިތުރުކުރުމަށް މަސައްކަތްކުރަމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

 

މިއަދު އޮންލައިން