ތިލަމާލެ ބުރިޖުގެ މަސައްކަތާ ގުޅިގެން ގުޅިފަޅާއި ތިލަފުއްޓާ ދެމެދު ދަތުރުފަތުރު ނުކުރުމަށް އަންގައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 59ސ
ތިލަމާލެ ބުރިޖުގެ މަސައްކަތާ ގުޅިގެން ގުޅިފަޅާއި ތިލަފުއްޓާ ދެމެދު ދަތުރުފަތުރު ނުކުރުމަށް އަންގައިފި

ތިލަމާލެ ބުރިޖުގެ ތަނބުތައް ޖެހުމުގެ މަސައްކަތް ކުރިއަށްދާތީ، ގުޅިފަޅާއި ތިލަފުއްޓާ ދެމެދު ސަރަހައްދުން ދަތުރުފަތުރު ނުކުރުމަށް އިމާރާތްކުރުމާއި ބިނާވެށި ރާވައި ހިންގުމާބެހޭ ވުޒާރާއިން އަންގައިފިއެވެ.

މި ގޮތުން މިއަންނަ ބުރާސްފަތި ދުވަހުން ފެށިގެން ގުޅިފަޅު-ތިލަފުށި ޗެނަލް ބަންދުކުރެވޭނެ ކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ.

މީގެ އިތުރުން، މާލެ-ވިލިމާލެ-ގުޅިފަޅު-ތިލަމާލޭގެ ޗެނަލްވެސް މިހާރު ވަނީ ބަންދުކޮށްފައެވެ. އެހެންކަމުން، އެ ސަރަހައްދުންވެސް ދަތުރުފަތުރު ނުކުރުމަށް ވުޒާރާއިން ވަނީ އާންމުންނަށް އިލްތިމާސްކޮށްފައެވެ. މި ފިޔަވަޅުތައް އަޅަނީ ތިލަމާލެ ބުރިޖު މަޝްރޫޢުގެ މަސައްކަތްތައް އަވަސް ކުރުމަށާއި، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކަމަށް ވުޒާރާއިން ބުނެފައިވެއެވެ.

ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މި ވަގުތާ ހަމައަށް ބްރިޖުގެ 46.58% މަސައްކަތް ވަނީ ނިމިފައެވެ. އަދި މަޝްރޫޢުގެ މުޅި މަސައްކަތް ނިމޭނެކަމަށް ލަފާކުރެވެނީ 2026 ވަނަ އަހަރުގެ ސެޕްޓެމްބަރު 30 ވަނަ ދުވަހު ކަމަށް ވުޒާރާއިން މަޢުލޫމާތު ދީފައިވެއެވެ.

ތިލަމާލެ ބުރިޖަކީ މާލެ އާއި ތިލަފުށި ގުޅުވާލުމަށް ކުރިއަށްގެންދާ ބޮޑު މަޝްރޫޢެކެވެ. މި ބުރިޖު ނިމުމުން މާލެ ސަރަހައްދުގެ ދަތުރުފަތުރުގެ ނިޒާމަށް ބޮޑު ބަދަލެއްއަންނާނެއެވެ.

މިއަދު އޮންލައިން