ބީސީސީގެ އޮތެންޓިކް މޯލްޑިވްސްއިން ދިވެހި އުފެއްދުންތަކަށް ރެކޯޑް އަދަދެއް ދޫކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 3ސ
ބީސީސީގެ އޮތެންޓިކް މޯލްޑިވްސްއިން ދިވެހި އުފެއްދުންތަކަށް ރެކޯޑް އަދަދެއް ދޫކޮށްފި

ބީސީސީގެ އޮތެންޓިކް މޯލްޑިވްސް ފިހާރަތަކުން ދިވެހި އުފެއްދުންތަކަށް ރެކޯޑް އަދަދަކަށް ފައިސާ ދޫކޮށްފިއެވެ.

ފާއިތުވި އަހަރަކީ ބީސީސީގެ އެންމެ ކާމިޔާބު އަހަރު ކަމަށްވާއިރު، އޮތެންޓިކް މޯލްޑިވްސްއިން 24.1 މިލިއަން ރުފިޔާ ސަޕްލަޔަރުންނަށް ދޫކޮށްފައިވެއެވެ. މިއީ ފާއިތުވި 5 އަހަރުގެ ތެރޭގައި ދޫކުރި ފައިސާގެ 27 އިންސައްތައެވެ.

ބީސީސީއިން މަޢުލޫމާތު ދެއްވިގޮތުގައި، މިދިޔަ އަހަރު 3000 އަށްވުރެ ގިނަ އުފެއްދުން ވިކިފައިވާއިރު، ދިވެހި އުފެއްދުންތެރިންނަށް އައު މާކެޓް ފުރުސަތުތަކެއް ލިބިފައިވެއެވެ. އޮތެންޓިކް މޯލްޑިވްސްގައި މިހާރު 338 ވިޔަފާރިއަކުން ތަކެތި ވިއްކަމުންދާއިރު، މީގެ 60 އިންސައްތައަކީ އަންހެނުންގެ ވިޔަފާރިތަކެވެ. އަދި މިއަހަރު 38 އަށްވުރެ ގިނަ އައު ވިޔަފާރި އިތުރުވެފައިވެއެވެ.

މީގެއިތުރުން، އޮތެންޓިކް މޯލްޑިވްސްއިން އައު 2 އައުޓްލެޓް ހުޅުވާފައިވެއެވެ. އެއީ ގަން އެއަރޕޯޓް އަދި ތޮއްޑޫގައެވެ. މިހާރު ޖުމްލަ 5 އައުޓްލެޓް ހުޅުވިފައިވެއެވެ. ބީސީސީއިން ބުނިގޮތުގައި، ފަތުރުވެރިން ގިނަވެ، މާކެޓިންގ މަސައްކަތް ފުޅާކުރުމުގެ ސަބަބުން އާމްދަނީ އިތުރުވެފައިވެއެވެ.

އަދި "ދިވެހިންނަށް އިސްކަން" ކެމްޕެއިނުގެ ސަބަބުން ދިވެހިންގެ މެދުގައިވެސް އޮތެންޓިކް މޯލްޑިވްސްގެ މަޤްބޫލުކަން އިތުރުވެފައިވާކަމަށް ބީސީސީއިން ފާހަގަކޮށްފައިވެއެވެ.

 
މިއަދު އޮންލައިން