ސްޓެލްކޯ އާ ޓްރާންސްޕޯޓް މިނިސްޓްރީ ގުޅިގެން ކުރިއަށް ގެންދެވިދާނެ މަސައްކަތްތަކާބެހޭގޮތުން މަޝްވަރާކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 47ސ
ސްޓެލްކޯ އާ ޓްރާންސްޕޯޓް މިނިސްޓްރީ ގުޅިގެން ކުރިއަށް ގެންދެވިދާނެ މަސައްކަތްތަކާބެހޭގޮތުން މަޝްވަރާކޮށްފި

މިނިސްޓަރ މުޙައްމަދު އަމީން، މިއަދު ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީއާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުން ބޭއްވުނީ ސްޓެލްކޯގެ ހެޑް އޮފީހުގައެވެ.

މި ބައްދަލުވުމުގައި ދެ ފަރާތުން މަޝްވަރާކުރެއްވި މައިގަނޑު މަޢުޟޫއަކީ ސްޓެލްކޯ އަދި މިނިސްޓްރީ އޮފް ޓްރާންސްޕޯޓާ ގުޅިގެން ކުރިއަށް ގެންދެވިދާނެ މަސައްކަތްތަކެވެ. މީގެ ތެރޭގައި ދެ މުއައްސަސާގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމާއި، ޚިދުމަތްތައް ފުޅާކުރުމަށް ކުރެވިދާނެ މަސައްކަތްތަކާ ބެހޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.

އަދި މި ބައްދަލުވުމުގައި ކުރެވުނު މަޝްވަރާތަކުގެ އަލީގައި ކުރިއަށް އޮތް ތަނުގައި ދެ ފަރާތުން ގުޅިގެން ދިވެހި ރައްޔިތުންނަށް ފައިދާހުރި ގިނަ މަސައްކަތްތަކެއް ކުރެވިގެންދާނެއެވެ.

 

 

ހަބަރު: ސަރުކާރު 

މިއަދު އޮންލައިން