އައްޑޫ ސިޓީ އިމާމުން ތަމްރީންކުރުމުގެ ޕްރޮގުރާމް ކާމިޔާބުކަމާއެކު ނިންމާލައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 55ސ
އައްޑޫ ސިޓީ އިމާމުން ތަމްރީންކުރުމުގެ ޕްރޮގުރާމް ކާމިޔާބުކަމާއެކު ނިންމާލައިފި

އިމާމުން ތާޒާކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ ބޮޑު މަޝްރޫޢުގެ ދަށުން، އައްޑޫ ސިޓީގައި ކުރިއަށް ގެންދިޔަ އިމާމުން ތަމްރީން ކުރުމުގެ ޕްރޮގުރާމް ނިންމާ ބައިވެރިންނަށް ސެޓްފިކެޓް ދީފިއެވެ.

މިކަމަށްޓަކާ ރޭ އައްޑޫ ސިޓީގައި ކުރިއަށްދިޔަ ރަސްމިއްޔާތުގައި އިސްލާމީ މަރުކަޒުގެ އިސް އިމާމު ފަޟީލައްތުއްޝައިޚް މުޙައްމަދު ލަޠީފް ވަނީ ބައިވެރިވެލައްވާފައެވެ.

އައްޑޫ ސިޓީގައި ކުރިއަށް ގެންދިޔަ އިމާމުން ތަމްރީން ކުރުމުގެ ޕްރޮގުރާމުގައި 68 އިމާމުން ވަނީ ބައިވެރިވެލައްވާފައެވެ.

އިމާމުން ތަމްރީން ކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށްގެންދާ ބޮޑު މަޝްރޫޢުގެ ދަށުން މިއަހަރު މިހާތަނަށް 19 އަތޮޅެއްގައި އިމާމުން ތަމްރީން ކުރުމުގެ ޕްރޮގުރާމް ކުރިއަށް ގެންގޮސްފައިވާއިރު 804 އިމާމުން ވަނީ ތަމްރީންވެފައެވެ.

އިމާމުން ތަމްރީންކުރުމާއި، އިމާމުންނަށް އިތުރު ތަޢުލީމާއި ތަޖުރިބާގެ ފުރުސަތުތައް ހޯދައިދިނުމަކީ ވުޒާރާއިން ވަރަށް އިސްކަމެއް ދެއްވައިގެން ކުރަމުން އަންނަ ކަމެއްކަން ފާހަގަކޮށްލެވެއެވެ.

 

 

ހަބަރު: ސަރުކާރު

މިއަދު އޮންލައިން