މާލީ ވުޒާރާއިން ރީފޯމް އޮފީހެއް ޤާއިމްކުރަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 6ސ
މާލީ ވުޒާރާއިން ރީފޯމް އޮފީހެއް ޤާއިމްކުރަނީ

ދައުލަތުގެ މާލީ ކަންކަން ހަރުދަނާކުރުމުގެ މަޤްޞަދުގައި މިނިސްޓްރީ އޮފް ފިނޭންސުން ރީފޯމް އޮފީހެއް ޤާއިމްކުރަން ފަށައިފިއެވެ. މި އޮފީހުގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި ޚަރަދު ކުޑަކުރުމާއި، އާމްދަނީ އިތުރުކުރުމާއި، އަދި އިސްލާހީ ބަދަލުތައް ތަންފީޒުކުރުން ހިމެނެއެވެ.

މާލީ ވުޒާރާއިން މި އައު ރީފޯމް އޮފީހުގެ މަސައްކަތްތައް ހިންގުމަށްޓަކައި ކޮމިޝަނަރެއް ހޯދުމަށް އިޢުލާންކޮށްފައިވެއެވެ. ކޮމިޝަނަރުގެ މަޤާމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކުގެ ތެރޭގައި އެކައުންޓިންގ ނުވަތަ ފައިނޭންސް ދާއިރާއިން ޑިގްރީ ނުވަތަ މަތީ ސަނަދެއް ހާސިލުކޮށްފައިވުމާއި، އަދި މަދުވެގެން 10 އަހަރުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ހިމެނެއެވެ.

ކޮމިޝަނަރުގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތެރޭގައި އިސްލާހީ ބަދަލުތަކުގެ އިސްތިރާޖުތައް އެކުލަވާލުމާއި، ސަރުކާރު ކުންފުނިތަކާއި ފިސްކަލް ރިފޯމުތަކުގެ ރިޕޯޓު ތައްޔާރުކުރުން ހިމެނޭކަމަށް މާލީ ވުޒާރާއިން ހާމަކޮށްފައިވެއެވެ.

މި އައު ރީފޯމް އޮފީސް ޤާއިމްކުރުމުގެ މަޤްޞަދަކީ ދައުލަތުގެ މާލީ ހާލަތު ރަނގަޅުކޮށް، ޚަރަދުތައް ހަރުދަނާކުރުމާއެކު، އާމްދަނީ އިތުރުކުރުމަށް ކުރެވޭ މަސައްކަތްތައް ހަރުދަނާކުރުން ކަމަށް މާލީ ވުޒާރާއިން ބުނެފައިވެއެވެ. މީގެ އިތުރުން، މި އޮފީހުން ދައުލަތުގެ މާލީ ނިޒާމަށް ގެންނަންޖެހޭ އިސްލާހީ ބަދަލުތައް ދެނެގަނެ، އެ ބަދަލުތައް ތަންފީޒުކުރުމަށް މަގުފަހިކޮށްދޭނެ ކަމަށްވެސް ވުޒާރާއިން ފާހަގަކޮށްފައިވެއެވެ.

 

މިއަދު އޮންލައިން