ލޮނުފެން މީރުކުރާ ނިޒާމު އިވެލުއޭޓްކުރުމަށް ވަޑައިގަތް ޗައިނާގެ ވަފުދާއި އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާއިން ބައްދަލުކުރައްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 2ސ
ލޮނުފެން މީރުކުރާ ނިޒާމު އިވެލުއޭޓްކުރުމަށް ވަޑައިގަތް ޗައިނާގެ ވަފުދާއި އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާއިން ބައްދަލުކުރައްވައިފި

ޗައިނާގެ އެހީގެ ދަށުން ޤާއިމުކުރެވުނު ލޮނުފެން މީރުކުރާ ނިޒާމު އިވެލުއޭޓްކުރުމަށް ވަޑައިގަތް ޗައިނާގެ މާހިރުންގެ ޓީމާއެކު އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާ އިން ބައްދަލުކުރައްވައިފިއެވެ.

ވުޒާރާއިން މިއަދު ހާމަކުރި ގޮތުގައި، ޗައިނާގެ އެހީގައި ޤާއިމުކުރެވުނު މައިކްރޯ-ގްރިޑް ލޮނުފެން މީރުކުރާ ނިޒާމުގެ އިވެލުއޭޝަން މަސައްކަތްވަނީ އެއްކޮށް ނިމުމަކަށް އައިސްފައެވެ. މި މަޝްރޫޢުގެ އިވެލުއޭޝަން މަސައްކަތް ކުރިއަށް ގެންދިޔައީ 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 2 އިން 5 އަށެވެ. މި މުއްދަތުގެ ތެރޭގައި، ޗައިނާގެ މާހިރުންގެ ވަފުދެއް ކ. ކާށިދޫ އަދި ހއ. ކެލާގައި ޤާއިމުކުރެވިފައިވާ ލޮނުފެން މީރުކުރާ ޕްލާންޓްތަކަށް ޒިޔާރަތްކޮށް، އެ ޕްލާންޓްތަކުގެ ހާލަތާއި މަސައްކަތްކުރާ ގޮތް ވަނީ ބައްލަވާލައްވާފައެވެ. 

މިބައްދަލުވުމުގައި ވުޒާރާގެ ފަރާތުން ބައިވެރިވެ ވަޑައިގަތީ ސްޓޭޓް މިނިސްޓަރ އިބްރާހީމް ތާއާމް މުޙައްމަދާއި މިނިސްޓްރީގެ ޓެކްނިކަލް ޓީމެވެ. އަދި ޗައިނާގެ ފަރާތުން ބައިވެރިވެ ވަޑައިގަތީ އެ ޤައުމުގެ މާހިރުންގެ ވަފުދެވެ.  މި މަޝްރޫޢުގެ ސަބަބުން ރާއްޖޭގެ ރަށްތަކުގައި ސާފު ބޯފެން ލިބުމުގެ ދަތިކަން ޙައްލުކުރުމަށް އެހީތެރިވެދޭނެ ކަމަށްވެސް ވުޒާރާއިން އުއްމީދު ކުރައްވައެވެ.

 

 

ހަބަރު: ސަރުކާރު

 

 

މިއަދު އޮންލައިން