މާލޭގެ ކަނޑުގަނޑު ހިމާޔަތްކުރުމަށް ޖަޕާނުގެ އެހީގައި ކުރިއަށްގެންދާ "ޕްރޮޖެކްޓް ފޯ ޑިޒާސްޓަރ ރެޒިލިއަންސް އެންހާންސްމަންޓް އިން މާލެ އައިލެންޑް" ގެ މަޝްވަރާ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރގެ ސްޓޭޓް މިނިސްޓަރ އިބްރާހީމް ތާއާމް މުޙައްމަދެވެ. މި މަޝްރޫޢަކީ މާލޭގެ ކަނޑުގަނޑު ހިމާޔަތްކުރުމަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.
މި އެއްބަސްވުމުގައި ސޮއިކުރެވުނީ މިދިޔަ ސެޕްޓެމްބަރ 19 ވަނަ ދުވަހު ދިވެހި ސަރުކާރާއި ޖަޕާނު ސަރުކާރާ ދެމެދު ސޮއިކުރެވުނު "އެކްސްޗޭންޖް އޮފް ނޯޓްސް" އާ ގުޅިގެންނެވެ. މި މަޝްރޫޢުގެ ތަފްސީލީ ޑިޒައިން ހެދުމުގެ މަޝްވަރާ މަރުހަލާ ނިމޭނެކަމަށް ލަފާކުރެވެނީ 2025 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރގައެވެ.
މި މަޝްރޫޢަކީ މާލޭގެ ކަނޑުގަނޑު ހިމާޔަތްކުރުމަށާއި، ގުދުރަތީ ކާރިސާތަކުން ރައްކާތެރިވުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަމަށް ސަރުކާރުން ވަނީ ފާހަގަކޮށްފައެވެ.
ހަބަރު: ސަރުކާރު