ކުރިއަށް އޮތްތަނުގައި މުޅި ރާއްޖޭގައި "ރަހަވަރު" ކެއްކުމުގެ މުބާރާތް ބާއްވަނީ!

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 4ސ
ކުރިއަށް އޮތްތަނުގައި މުޅި ރާއްޖޭގައި "ރަހަވަރު" ކެއްކުމުގެ މުބާރާތް ބާއްވަނީ!

"ރަހަވަރު" ކެއްކުމުގެ މުބާރާތް ކުރިއަށް އޮތްތަނުގައި މުޅި ރާއްޖޭގައި ބޭއްވުމަށް ނިސްނަވާވާ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

"ރަހަވަރު" ކެއްކުމުގެ މުބާރަތް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ވިދާޅުވީ، އަންނަ އަހަރު މި މުބާރާތް ސްކޫލް ދަރިވަރުންނަށް އަމާޒުކޮށްގެން ބޭއްވުމަށް ނިސްނަވާވާ ކަމަށާއި މީގެ އިތުރުން، މަސްވެރިންގެ ދުވަހާ ގުޅުވައިގެން އާޓް އެގްޒިބިޝަނެއް، މަސްވެރިންގެ ގުންޒަރެއް އަދި މަސްރޭހެއް ބޭއްވުމަށްވެސް ހަމަޖެހިފައިވާ ކަމަށް ވަޒީރު ހާމަކުރެއްވިއެވެ.

މިއަހަރުގެ "ރަހަވަރު" ކެއްކުމުގެ މުބާރާތުގެ 1 ވަނަ ވަނީ ފަތްމިނި ކަމަނަ ޓީމަށް ލިބިފައެވެ. އަދި މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާ މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވަނީ މާލޭގައި ކަމަށް ވަޒީރު ވިދާޅުވިއެވެ.

މި މުބާރާތަކީ ދިވެހި ކެއްކުމުގެ ސަގާފަތް ދިރުވައި އާލާކުރުމަށާއި، މަސްވެރިންގެ މަސައްކަތަށް އިތުރު އަގެއް ދިނުމުގެ ގޮތުން ބޭއްވޭ މުހިންމު ހަރަކާތެއް ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ކުރިއަށް އޮތްތަނުގައި މި މުބާރާތް މުޅި ރާއްޖެއަށް ފުޅާކުރުމުން، ރަށްރަށުގެ ޒުވާނުންނަށާއި އަންހެނުންނަށް އިތުރު ފުރުޞަތުތަކެއް ހުޅުވިގެންދާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

މިއަދު އޮންލައިން