ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިންޑިޔާއަށް ކުރެއްވި ދަތުރުފުޅާ ގުޅިގެން ދިވެހިރާއްޖެއާއި އިންޑިޔާއާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިވެގެން ގޮސްފައިވާ ކަމަށް އިންޑިޔާ ސަފީރު މުނޫ މަހާވަރު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި އިންޑިޔާ ސަފީރު ވިދާޅުވީ ރައީސް މުޢިއްޒުގެ މި ދަތުރުފުޅަކީ ވަރަށް ކާމިޔާބު ދަތުރުފުޅެއް ކަމަށެވެ. އަދި މި ދަތުރުފުޅުގެ ސަބަބުން ކުރިއަށް އޮތްތަނުގައި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދިޔުމުގެ އައު މަގުޗާޓެއް ކުރެހިފައިވާ ކަމަށް ސަފީރު ފާހަގަކުރެއްވިއެވެ.
"ރައީސް މުޢިއްޒުގެ މި ދަތުރުފުޅަކީ ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކޮށް، އެކުވެރިކަން އާ ހަރުފަތަކަށް ގެންދިޔުމަށް މަގުފަހިކޮށްދޭނެ ދަތުރުފުޅެއް،" ސަފީރު މުނޫ މަހާވަރު ވިދާޅުވިއެވެ.
ސަފީރުގެ ދައުރު ނިމެން ކައިރިވެފައިވާއިރު، އޭނާގެ ދައުރުގައި އިންޑިޔާގެ އެހީގައި ރާއްޖޭގެ ކުރިއެރުމަށް ކުރެވުނު މުހިންމު މަސައްކަތްތައް ފާހަގަކުރެއްވިއެވެ. މީގެ ތެރޭގައި އަސްކަރީ ދާއިރާއިންނާއި އިންޑިޔާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރެވުނު މަސައްކަތްތައް ހިމެނޭ ކަމަށް ސަފީރު ވިދާޅުވިއެވެ.
"އަޅުގަނޑުގެ ދައުރުގައި ދިވެހިރާއްޖެއާއި އިންޑިޔާއާ ދެމެދު ގުޅުން އިތުރަށް ބަދަހިކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރެވުނު. ޚާއްޞަކޮށް އަސްކަރީ ދާއިރާއިންނާއި އިންޑިޔާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރެވުނު މަސައްކަތްތަކުން ވަރަށް ބޮޑު ކުރިއެރުމެއް ލިބިފައިވޭ،" ސަފީރު ވިދާޅުވިއެވެ.
ސަފީރު އުންމީދުކުރައްވާ ގޮތުގައި ކުރިއަށް އޮތްތަނުގައިވެސް އިންޑިޔާއިން ރާއްޖެއަށް އިތުރު އެހީތައް ލިބި، ދެ ޤައުމުގެ