ތޮއްޑޫ މަގު ހެދުމުގެ މަޝްރޫޢު ކުރިއަށް ގެންދަވާނެކަމަށް ރައީސް ވިދާޅުވެއްޖެ

މިއަދު
ކިޔުމަށް ހޭދަވާނީ 51ސ
ތޮއްޑޫ މަގު ހެދުމުގެ މަޝްރޫޢު ކުރިއަށް ގެންދަވާނެކަމަށް ރައީސް ވިދާޅުވެއްޖެ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއްޔެ ތޮއްޑޫ ކައުންސިލާ ބައްދަލުކުރައްވައި، އެރަށުގެ މަގު ހެދުމުގެ މަޝްރޫޢު ކުރިއަށް ގެންދަވާނެކަމަށް ވިދާޅުވެއްޖެއެވެ. މީގެ އިތުރުން ރަށުގެ ތަރައްޤީއަށް އެހެން ގިނަ ކަންތައްތަކެއްވެސް ކޮށްދެއްވާނެކަމުގެ ޔަޤީންކަން ރައްޔިތުންނަށް ދެއްވިއެވެ.

ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި މަގު ހެދުމުގެ މަޝްރޫޢާއެކު ރަށުގައި ހުރި އެހެނިހެން މައްސަލަތައްވެސް ހައްލުކުރައްވާނެއެވެ. މިގޮތުން ސިއްޙީ ޚިދުމަތް ރަނގަޅުކުރުމާއި، ސްކޫލުގެ ޖާގައިގެ ދަތިކަން ހައްލުކުރުން ހިމެނެއެވެ. އަދި ރަށުގެ އިޤްތިޞާދު ރަނގަޅުކުރުމަށްޓަކައި ފައިނޭންސް ލިބޭނެ އިންތިޒާމުވެސް ހަމަޖައްސަވައިދެއްވާނެކަމަށް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ މި ހުރިހާ ކަމެއްވެސް ސަރުކާރުގެ ބަޖެޓުގައި ހިމަނުއްވައިގެން ކުރިއަށް ގެންދަވާނެ ކަމަށެވެ. މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންވެސް ތޮއްޑޫގައި ހިންގުމަށް ރޭވިފައިވާ ތަރައްޤީގެ މަޝްރޫޢުތަކުގެ މަޢުލޫމާތު ހިއްސާކުރެއްވިއެވެ.

 

މިއަދު އޮންލައިން