ރައްޔިތަކަށް ލިބޭ ސަބްސިޑީއާއި އާސަންދަ އަދި ރިޓަޔަރަމަންޓް ޕެންޝަންވެސް ނުކަނޑާނަން: ރައީސް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 2ސ
ރައްޔިތަކަށް ލިބޭ ސަބްސިޑީއާއި އާސަންދަ އަދި ރިޓަޔަރަމަންޓް ޕެންޝަންވެސް ނުކަނޑާނަން: ރައީސް

ރައްޔިތުންނަށް ލިބެމުންދާ ސަބްސިޑީއާއި އާސަންދަ އަދި ރިޓަޔަރމަންޓް ޕެންޝަން ނުކަނޑާނެ ކަމަށް އރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އ. މަތިވެރީގައި ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް ވަނީ ސަބްސިޑީއަށް ގެންނަވާ ބަދަލުތަކާ ބެހޭގޮތުން މަޢުލޫމާތު ދެއްވާފައެވެ.

ރައީސް މުޢިއްޒު ވިދާޅުވީ ދައުލަތުގެ ޚަރަދު ކުޑަކުރުމަށް މަސައްކަތްކުރަމުންދާ ކަމަށާއި، ނަމަވެސް ރައްޔިތުންނަށް ލިބެމުންދާ އަސާސީ ޚިދުމަތްތަކަށް އުނިކަމެއް ނާންނާނެ ކަމަށެވެ. މީގެ އިތުރުން، ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށް ރޭވެމުންދާ ކަމަށްވެސް ރައީސް ވަނީ ހާމަކުރައްވާފައެވެ.

ބޭހުގެ ވިޔަފާރީގައި ހުރި ނާޖާއިޒު ފައިދާ ހުއްޓުވުމަށް ސަރުކާރުން މަސައްކަތްކުރަމުންދާ ކަމަށާއި، މިކަމަށްޓަކައި ބަލްކް ޕްރޮކިއުމަންޓް ނިޒާމެއް ތަޢާރަފުކުރުމަށް ރޭވެމުންދާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން، ޚަރަދު ކުޑަކޮށް އާމްދަނީ އިތުރުކުރުމަށް ސަރުކާރުން މަސައްކަތްކުރަމުންދާ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް މުޢިއްޒު އިތުރަށް ވިދާޅުވީ ސަރުކާރުގެ މަޤްޞަދަކީ ރައްޔިތުންނަށް ލިބޭ ޚިދުމަތްތައް ދެމެހެއްޓުމާއެކު، އިޤްތިޞާދީ ހަރުދަނާކަން ގެނައުން ކަމަގެނައުން ކަމަށެވެ.

 

މިއަދު އޮންލައިން