ނަމާދުކުރުމަށް ލޯބިކުރައްވާ ރާއްޖޭގެ އިމާމެއްގެ ސިކުނޑިއަށް ލޭއެޅުމުންވެސް އެއްވެސް އިތުރު މައްސަލައެއް ކުރިމަތިނުވެ ސަލާމަތްވުން- ވިސްނާ މީހުންނަށް ޢިބްރަތަކަށް ފުދޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 56ސ
ނަމާދުކުރުމަށް ލޯބިކުރައްވާ ރާއްޖޭގެ އިމާމެއްގެ ސިކުނޑިއަށް ލޭއެޅުމުންވެސް އެއްވެސް އިތުރު މައްސަލައެއް ކުރިމަތިނުވެ ސަލާމަތްވުން- ވިސްނާ މީހުންނަށް ޢިބްރަތަކަށް ފުދޭނެ!

އެއީ އިމާމެކެވެ. ތަނަވަސްކަންވެސް ލިބިލައްވާފައިވާ އިމާމެކެވެ. ވަރަށް ގިނައިން ކަށުނަމާދުތަކަށްވެސް ވަޑައިގަންނަވާ ބޭކަލެކެވެ. ނުފެނި ދުވަސްކޮޅެއްވެފައި ބައްދަލުވުމުން ވިދާޅުވިއެވެ. 

"އިމާމް މިހުރީ ﷲ ތަޢާލާގެ ރަހްމަތްފުޅުން މަރުވެފައި ދިރިގެންނެވެ. ފައިކައްސާލައިގެން ވެއްޓުނީއެވެ. ސިކުނދިއަށްލޭވެސް އެޅުނެވެ. ނުރައްކާތެރިކަން ބޮޑުކަމުން އޮށޯވެއޮވެގެން ނޫނީ ނަމާދުނުކުރަންވެސް ޑޮކްޓަރުން ބުންޏެވެ. އެހެންވެ ހުއްދަދެންދެން ނަމާދުކުރަންޖެހުނީވެސް އޮށޯވެއޮވެގެންނެވެ. ސިކުނޑިއަށް ލޭއެޅުނު ނަމަވެސް ވާގިނެތުން، އައްސިވުން ފަދަ އެއްވެސް އުނދަގުލެއް ނެތެވެ. 3 މަސްވަރު ފަހުން މިހާރުވަނީ ސައިކަލް ދުއްވަންވެސް ހުއްދަދީފައެވެ."  

މިވާހަކަކޮޅު ގެނައުމުގެ ބޭނުމަކީ ނަމާދުކުރާނަމަ އެއްވެސް ބައްޔެއް ނުޖެހޭނެ ކަމަށް ބުނުމެއް ނޫނެވެ. ނަމަވެސް ނަމާދުތަކަށް ރައްކައުތެރިވާނަމަ ޙީވެސް ނުކުރެވޭފަދަ ގޮތްގޮތަށް ހެޔޮ ރަޙްމަތް ލައްވަވާނެކަން ހާމަކުރުމެވެ. ކުރިމަތިވާ މުޞީބާތްތަކުން އިން ޝާ ﷲ ސަލާމަތް ކުރައްވަވާނެ ކަމަށް ބުނުމެވެ. 

މިއީ މާކުރީގެ ވާހަކައެއް ނޫނެވެ. މީގެ 3 ރޭވަރުކުރިން އިމާމްއާއި ބައްދަލުވުން ވިދާޅުވި ވާހަކައެކެވެ. މާތް ﷲ އިމާމަށާއި ނަމާދުކުރާ އެންމެންނަށްވެސް ހެޔޮ ރަޙްމަތް ލައްވަވާށި! އާމީން

މިއަދު އޮންލައިން