ޓޫރިސްޓް ރިސޯޓުތަކުން 500 ޑޮލަރު ނުވަތަ މަހެއްގެ އާމްދަނީގެ 20% މާރުކުރުމަށް ހުށަހަޅާ ބޭރު ފައިސާއާ ބެހޭ ބިލު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހަޅައިފިއެވެ. މި ބިލު ސަރުކާރުގެ ފަރާތުން ހުށަހެޅުއްވީ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙެވެ.
މި ބިލުގެ މައިގަނޑު ބަދަލަކީ "ކެޓެގަރީ އޭ ޓޫރިޒަމް އެސްޓެބްލިޝްމަންޓް" ތަކުން މަހެއްގެ ތެރޭގައި އަންނަ ކޮންމެ ޓޫރިސްޓަކަށް 500 އެމެރިކާ ޑޮލަރުގެ ރޭަރުގެ ރޭޓުން މާރު ކުރުން ނުވަތަ ކޮންމެ މަހެއްގެ ޖުމްލަ އާމްދަނީގެ 20 އިންސައްތަ ޑޮލަރު މާރު ކުރުމެވެ. މީގެ އިތުރުން، ގެސްޓްހައުސްތަކާއި އުޅަނދުތަކުން ޓޫރިސްޓަކަށް 25 ޑޮލަރު ނުވަތަ 20% މާރުކުރުމަށް ވެސް ހުށަހަޅާފައިވެއެވެ.
ބިލު އެކުލަވާލުމުގައި އާންމުންގެ ޚިޔާލު ހޯދާފައިވާކަމަށް މަޖިލީހުގައި ފާހަގަކުރެވުނެވެ. އަދި ސެކިއުރިޓީޒް މާކެޓުގެ މުޢާމަލާތްތައް މި ޤާނޫނުން އިސްތިސްނާކުރެވޭނެ ކަމަށާއި، މީރާއަށް މި ޤާނޫނު ތަންފީޒުކުރުމަށް އިތުރު ބާރުތަކެއް ލިބިގެންދާނެ ކަމަށްވެސް ބަޔާންކޮށްފައިވެއެވެ.
މި ބިލު ފާސްވެއްޖެނަމަ، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ބޮޑު ބަދަލެއް އަންނާނެ ކަމަށް ބެލެވެއެވެ. އަދި ދައުލަތަށް ލިބޭ އާމްދަނީ އިތުރުވެ، ބޭރު ފައިސާގެ ރިޒާވް އިތުރުވެގެންދާނެ ކަމަށް ސަރުކާރުން އުންމީދުކުރެއެވެ.