ކޮރަޕްޝަނަށް މަގުފަހިވާ ހުށަހެޅުންތައް ބަލައިނުގަތުމަށް ރައީސް އެދިވަޑައިގެންފި

މިއަދު
ކިޔުމަށް ހޭދަވާނީ 58ސ
ކޮރަޕްޝަނަށް މަގުފަހިވާ ހުށަހެޅުންތައް ބަލައިނުގަތުމަށް ރައީސް އެދިވަޑައިގެންފި

ކޮރަޕްޝަނަށް މަގުފަހިވާ ހުށަހެޅުންތައް ބަލައިނުގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެދިވަޑައިގެންފިއެވެ.

ބައިނަލްއަޤުވާމީ ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރާ ދުވަހާ ގުޅިގެން  ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް މުޢިއްޒު ވިދާޅުވީ ޢަމަލާއި ބަހުން ތެދުވެރިވުމަށް އިލްތިމާސްކުރައްވާފައެވެ. އަދި މުޖުތަމަޢު ފަސާދަވުން ހުއްޓުވުމަށް މަސައްކަތްކުރުމަށްވެސް ގޮވާލައްވާފައިވެއެވެ. މި މެސެޖަކީ ކޮރަޕްޝަނުގެ ނޭދެވޭ އަސަރުތަކާ ދެކޮޅަށް ހޭލުންތެރިކަން އިތުރުކުރުމަށް ފާހަގަކުރާ ދުވަހާ ގުޅިގެން ދެއްވި މެސެޖެކެވެ.

ރައީސް މުޢިއްޒުގެ މި ގޮވާލެއްވުމަކީ ޤައުމުގައި ކޮރަޕްޝަން ހުއްޓުވުމަށް ސަރުކާރުން ދެއްވާ އަހައްމިއްޔަތުކަން ދައްކުވައިދޭ ކަމެކެވެ. މި މެސެޖުގައި ރައީސް ވަނީ ހުރިހާ ދިވެހި ރައްޔިތުންނަށް ކޮރަޕްޝަނާ ދެކޮޅަށް ތެދުވެ، ޤައުމު ހަރުދަނާކުރުމަށް މަސައްކަތްކުރުމަށް ގޮވާލައްވާފައެވެ.

ބައިނަލްއަޤުވާމީ ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރާ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ޑިސެމްބަރު 9 ވަނަ ދުވަހުއެވެ. މި ދުވަހަކީ ދުނިޔޭގެ އެކި ޤައުމުތަކުގައި ކޮރަޕްޝަނާ ދެކޮޅަށް ހޭލުންތެރިކަން އިތުރުކުރުމަށް އެކި ހަރަކާތްތައް ހިންގާ ދުވަހެކެވެ.

މިއަދު އޮންލައިން