މިފްކޯގެ ސީއީއޯގެ މަޤާމަށް ޔޫކްރެއިންގެ ޑރ. ވިތާލީ ލުބިމޮފް އައްޔަންކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 48ސ
މިފްކޯގެ ސީއީއޯގެ މަޤާމަށް ޔޫކްރެއިންގެ ޑރ. ވިތާލީ ލުބިމޮފް އައްޔަންކޮށްފި

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) ގެ ޗީފް އެގްޒެކެޓިވް އޮފިސަރ (ސީއީއޯ) ގެ މަޤާމަށް ޔޫކްރެއިންގެ ޑރ. ވިތާލީ ލުބިމޮފް އައްޔަންކޮށްފިއެވެ.

މިއީ މިފްކޯގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ބޭރު މީހަކު މި މަޤާމަށް އައްޔަންކުރެވުނު ފަހަރެވެ.

މިފްކޯއިން ބުނެފައިވަނީ ޑރ. ވިތާލީއަކީ ވިޔަފާރީގެ ދާއިރާގައި 20 އަހަރުގެ ތަޖުރިބާ ހުރި ބޭފުޅެއް ކަމަށެވެ. އޭނާގެ ތަޖުރިބާއާއި ހުނަރު މިފްކޯގެ ހިންގުން ހަރުދަނާކުރުމަށް މުހިންމު ދައުރެއް އަދާކުރާނެ ކަމަށް އުންމީދުކުރެވޭ ކަމަށްވެސް ބުނެފައިވެއެވެ.

މިފްކޯއަކީ ދައުލަތަށް މާލީ ބުރައަކަށްވެފައިވާ ކުންފުންޏަކަށްވުމާއެކު، ސަރުކާރުން މި ބަދަލު ގެނައީ ކުންފުނީގެ ހިންގުން ހަރުދަނާކުރުމަށް ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

ޑރ. ވިތާލީގެ ލީޑަރެ ލީޑަރޝިޕްގެ ދަށުން މިފްކޯގެ މާލީ ޙާލަތު ރަނގަޅުކޮށް، ކުންފުނި ފައިދާ ލިބޭ ހިސާބަށް ގެންދިއުމަށް މަސައްކަތްކުރާނެ ކަމަށް ބެލެވެއެވެ.
 

މިއަދު އޮންލައިން