ހއ. ތުރާކުނުގައި "ރެސިލިއެންޓް ހައުސިންގ ގައިޑެންސް ފޯ ދަ މޯލްޑިވްސް" ނަމުގައި ތައްޔާރުކުރެވިފައިވާ އަތްމަތީ ފޮތް ރަސްމީކޮށް ތަޢާރަފުކޮށްފިއެވެ.
މި ފޮތް ތަޢާރަފުކޮށްދެއްވ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު މާހިރު އާއި ތުރާކުނު ކައުންސިލްގެ ރައީސް ޢަބްދުއްލަޠީފެވެ.
މި ރަސްމިއްޔާތުގައި ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އިބްރާހީމް ނަޒީމް، ޑެޕިއުޓީ މިނިސްޓަރ އަޙްމަދު ފާޟިލް، ޑެޕިއުޓީ މިނިސްޓަރ ޙަސަން ވިޞާލް، އަދި ޕަރމަނަންޓް ސެކްރެޓަރީ މުޙައްމަދު ޝާމިލްގެ އިތުރުން ސަރުކާރުގެ އޮފީސްތަކުގެ އިސް މުވައްޒަފުންނާއި، ގެދޮރުގެ ވެރިންނާއި، ކޮންޓްރެކްޓަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ.
މި އަތްމަތީ ފޮތަކީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ އާއި ވޯލްޑް ބޭންކް ގުޅިގެން ތައްޔާރުކޮށްފައިވާ ފޮތެކެވެ. މި ފޮތް އެކުލަވާލުމުގައި ސަރުކާރުގެ އިދާރާތަކާއި، އަމިއްލަ ސެކްޓަރ އަދި އާންމު ރައްޔިތުންގެ މުހިންމު ޚިޔާލުތައް ހޯދާފައިވެއެވެ.
މި ރަސްމިއްޔާތުގައި ވޯލްޑް ބޭންކްގެ ސީނިއަރ ހައުސިންގ ސްޕެޝަލިސްޓް މިސް ޑާއޯ އެޗް ހެރިސަން އާއި ރިޔާން ޕްރައިވެޓް ލިމިޓެޑްގެ ފާޠިމަތު ރަޝީދު ވާހަކަފުޅު ދައްކަވައި، މި އަތްމަތީ ފޮތުގެ މުހިންމުކަމާއި ފައިދާތަކުގެ އިތުރުން، މި ފޮތް އެކުލަވާލުމުގައި ގެންގުޅުނު ގޮތްތަކާ ބެހޭގޮތުން މަޢުލޫމާތު ދެއްވިއެވެ.
ހަބަރު: ސަރުކާރު