ފުވައްމުލަކުން މަސްތުވާތަކެތީގެ ވިޔަފާރިއާއި މަނީލޯންޑަރިންގ ނެޓްވޯކެއް އަތުލައިގަނެފި

މިއަދު
ކިޔުމަށް ހޭދަވާނީ 57ސ
ފުވައްމުލަކުން މަސްތުވާތަކެތީގެ ވިޔަފާރިއާއި މަނީލޯންޑަރިންގ ނެޓްވޯކެއް އަތުލައިގަނެފި

ފުވައްމުލަކު ސިޓީގައި ހިންގަމުން އައި މަސްތުވާތަކެތީގެ ވިޔަފާރިއާއި މަނީލޯންޑަރިންގ ނެޓްވޯކެއް ފުލުހުން އަތުލައިގަނެފިއެވެ. މި ނެޓްވޯކް އަތުލައިގަތީ ފުލުހުން ކުރިއަށް ގެންދިޔަ "އޮޕަރޭޝަން ވެށި ރައްކަލް" ގެ ދަށުންނެވެ.

ފުލުހުން ދިން މަޢުލޫމާތުގައިވާ ގޮތުން، މި އޮޕަރޭޝަންގެ ދަށުން 4,408 ތަނެއް ބަލައި ފާސްކޮށް، 1,147 މީހަކާ ސުވާލުކޮށް، 58 މީހުން ވަނީ ހައްޔަރުކޮށްފައެވެ. މީގެ އިތުރުން 75 މައްސަލަ ތަޙުޤީޤުކޮށް، 65 މައްސަލަ ދަޢުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވާފައެވެ.

މި އޮޕަރޭޝަންގެ ދަށުން ހައްޔަރުކުރެވުނު މީހުންގެ ތެރޭގައި އަޙްމަދު ނިއުޝާދު (34) އާއި ޙަސަން ޢާޒިމް (29) ހިމެނެއެވެ. ފުލުހުންގެ ތަޙުޤީޤަށް ހޯދުނު މަޢުލޫމާތުގައިވާ ގޮތުން، ނިއުޝާދުގެ އެކައުންޓުން 21 މިލިއަނަށްވުރެ ގިނަ ރުފިޔާގެ މުޢާމަލާތް ކުރެވިފައިވާއިރު، ޢާޒިމްގެ އެކައުންޓުން 7 މިލިއަނަށްވުރެ ގިނަ ރުފިޔާގެ މުޢާމަލާތް ކުރެވިފައިވެއެވެ.

މި މައްސަލައާ ގުޅިގެން 21 މީހަކާއި 2 ކުންފުންޏެއްގެ އެކައުންޓުތައް ވަނީ ހިފަހައްޓާފައެވެ. ފުލުހުން މި މައްސަލަ ތަޙުޤީޤުކުރަމުންދާއިރު، މި ފަދަ ޖަރީމާތަކާ ދެކޮޅަށް ފުލުހުން ގަދައަޅައި މަސައްކަތްކުރަމުންދާ ކަމަށް ވަނީ ބުނެފައެވެ.

މިއަދު އޮންލައިން