ފެނިގެންމިދަނީ މަސްވެރިންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ އަހަމިއްޔަތުކަން ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
މަސްވެރިން ކިރުވާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދު ފުއްދުމާއި ގުޅިގެން ދައުލަތުގެ މީޑިއާއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ވަޒީރު ޝިޔާމް ވިދާޅުވީ މިފްކޯގެ އާމްދަނީން ޚަރަދުކުރުމުގައި މަސްވެރިންނަށް މިހާރު އިސްކަންދެވޭ ކަމަށެވެ. އަދި މަސްވެރިން ކިރުވާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދިނުމަކީ ރައީސްގެ ވައުދެއް ކަމަށްވެސް ވިދާޅުވިއެވެ.
ކުރީގެ ސަރުކާރުން މަސްވެރިންނަށް 250 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޭންޖެހިފައިވާ ކަމަށާއި، ނަމަވެސް މިހާރުގެ ސަރުކާރުން މަސްވެރިންނަށް އިސްކަންދީ، އެ ދަރަނި އަދާކޮށްފައިވާ ކަމަށް ވަޒީރު ޝިޔާމް ވިދާޅުވިއެވެ.
މީގެ އިތުރުން، މިފްކޯ ހަރުދަނާކުރުމަށް ބޭރުގެ ސީއީއޯއެއް އައްޔަންކޮށްފައިވާ ކަމަށްވެސް ވަޒީރު ޝިޔާމް ވިދާޅުވިއެވެ. މި ބަދަލުތަކުން ދައްކުވައިދެނީ ރައީސް މަސްވެރިންނަށް ދެއްވާ އަހައްމިއްޔަތުކަން ކަމަށް ވަޒީރު ޝިޔާމް ވިދާޅުވިއެވެ.
މި ބަދަލުތަކަކީ މަސްވެރިންގެ ދިރިއުޅުމަށް އިޖާބީ އަސަރެއް ކުރާނެ ކަންކަން ކަމަށް ވަޒީރު ޝިޔާމް ފާހަގަކުރެއްވިއެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް މަސްވެރިންގެ ދިރިއުޅުން ފަހި ކުރުމަށް ސަރުކާރުން މަސައްކަތްކުރާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.