މަސްވެރިންގެ ކަންކަން ހައްލުކޮށްދެއްވުމަށް ރައީސް ދެއްވާ އަހަމިއްޔަތުކަމަށް މަޖިލީހުގެ ރައީސް ޝުކުރު ދަންނަވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 12ސ
މަސްވެރިންގެ ކަންކަން ހައްލުކޮށްދެއްވުމަށް ރައީސް ދެއްވާ އަހަމިއްޔަތުކަމަށް މަޖިލީހުގެ ރައީސް ޝުކުރު ދަންނަވައިފި

މަސްވެރިންގެ ކަންކަން ހައްލުކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވާ އަހަމިއްޔަތުކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ޝުކުރު ދަންނަވައިފިއެވެ.

ދިވެހިރާއްޖޭގެ މަސްވެރިންގެ ދުވަހާ ގުޅިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި މަޖިލީހުގެ ރައީސް ވަނީ ރާއްޖޭގެ މަސްވެރިންނާއި، މަސްވެރި އާއިލާތަކާއި، އޮޑިވެރިންނާއި، މަސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ އެންމެހާ ފަރާތްތަކަށް ހިތުގެ އިޚްލާޞްތެރިކަމާއެކު މަސްވެރިންގެ ދުވަހުގެ ހެޔޮއެދުންތައް އަރިސްކުރައްވާފައެވެ.

މަޖިލީހުގެ ރައީސް އޭނާގެ ވިދާޅުވީ މަސްވެރިންގެ ހައްޤުތައް ހިމާޔަތްކޮށް، އަތްވާއި ވާރޭގައި، ދުވާލާއި ރޭގަނޑު، ބިޔަ ކަނޑުތަކުގައި ދިވެހި މަސްވެރިން ކުރާ ހިންމަތުގެ އަގު އިހުތިރާމާއެކު ވަޒަންކުރުމަކީ ގައުމީ ވާޖިބެކެވެ. އަދި މި ގޮތުން ދިވެހި މަސްވެރިން ބާނާ މަހަށް 48 ގަޑިއިރު ތެރޭގައި ފައިސާ ދެވޭނެ މަގު ފަހިކޮށްދެއްވި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް ހިފެހެއްޓުމެއް ނެތް ޝުކުރާއި ތަޙުނިޔާ ދަންނަވާފައިވެއެވެ.

މަޖިލީހުގެ ރައީސްގެ މިހެންވާޅުވީ ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާއަށް ސަރުކާރުން ދެއްވާ އަހައްމިއްޔަތުކަން ފާހަގަކޮށް، މަސްވެރިންގެ ދަތިތައް ހައްލުކުރުމަށް ކުރެވޭ މަސައްކަތްތަކަށް ތާއީދު ކުރުމުމުގެ ގޮތުންނެވެ. 

މިއަދު އޮންލައިން