އާސަންދައިގެ ޚިދުމަތް ދިނުމަށް ޔޫއޭއީ އާއި ތައިލެންޑުގެ ދެ ހޮސްޕިޓަލަކާއެކު އެއްބަސްވުމުގައި ސޮއިކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 3ސ
އާސަންދައިގެ ޚިދުމަތް ދިނުމަށް ޔޫއޭއީ އާއި ތައިލެންޑުގެ ދެ ހޮސްޕިޓަލަކާއެކު އެއްބަސްވުމުގައި ސޮއިކޮށްފި

އާސަންދަ ސްކީމުގެ ދަށުން ޚިދުމަތް ދިނުމަށް ޔޫއޭއީގެ އެއް ހޮސްޕިޓަލަކާއި ތައިލެންޑުގެ ދެ ހޮސްޕިޓަލަކާއެކު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. މިއީ ރައީސް ޑރ.މުޙައްމަދު މުޢިއްޒުގެ ވަޢުދެއް ފުއްދުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

ޚިދުމަތް ފެށުމަށް ދުބާއީގެ ބުރްޖީލް މެޑިކަލް ސިޓީ އާއި ބެންކޮކްގެ ވޯރލްޑް މެޑިކަލް ހޮސްޕިޓަލާއެކު އެއްބަސްވުންތަކުގައި ސޮއިކޮށްފައިވާއިރު ބެންކޮކް ހޮސްޕިޓަލާއެކު ފަހުމުނާމާއެއްގައި ވަނީ ސޮއިކޮށްފައެވެ. މި އެއްބަސްވުންތަކުގައި އާސަންދައިގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އައިމިނަތު ޒީނިއާއެވެ.

އާސަންދައިން ބުނެފައިވާ ގޮތުގައި، މި އެއްބަސްވުމުގެ ދަށުން އަންނަ އަހަރުގެ ޖެނުއަރީ 15 އިން ފެށިގެން މި ހޮސްޕިޓަލްތަކަށް ބަލިމީހުން ފޮނުވަން ފެށޭނެއެވެ. މިހާތަނަށް އާސަންދައިގެ ދަށުން ބޭރަށް ބަލިމީހުން ފޮނުވަމުން އައީ ހަމައެކަނި އިންޑިއާ އާއި ސްރީލަންކާއަށެވެ.

މި އެއްބަސްވުމުގެ ސަބަބުން، ރާއްޖޭގެ ރައްޔިތުންނަށް ލިބޭނެ ޞިއްޙީ ފަރުވާގެ ފުރުޞަތުތައް އިތުރުވެ، ފަރުވާ ހޯދުމަށް އިތުރު ޤައުމުތަކަކަށް ދަތުރުކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. އަދި މިއީ ރާއްޖޭގެ ޞިއްޙީ ދާއިރާގެ ތަރައްޤީއަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައިވެސް ބެލެވެއެވެ.

މިއަދު އޮންލައިން