އެމްޑީޕީ ސަރުކާރުން މަސްވެރިންނަށް އަނިޔާވެރިވިކަން ޢަބްދުﷲ ޝާހިދު ހާމަކުރައްވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 4ސ
އެމްޑީޕީ ސަރުކާރުން މަސްވެރިންނަށް އަނިޔާވެރިވިކަން ޢަބްދުﷲ ޝާހިދު ހާމަކުރައްވައިފި

ރާއްޖޭގެ މަސްވެރިންނަށް އެމްޑީޕީގެ ސަރުކާރުން އަނިޔާވެރިވިކަން ޢަބްދުﷲ ޝާހިދު ހާމަކުރައްވައިފިއެވެ. 

ޢަބްދުﷲ ޝާހިދު ވިދާޅުވީ "ސަރުކާރުން މަސްވެރިންނަށް ދޭންޖެހޭ ހުރިހާ ފައިސާއެއް ދުވަހުން ދުވަހަށް ދެއްވަން ޖެހޭނެ." ކަމަށެވެ. އަދި "މަސްވެރި އާއިލާތައް ބިކަކޮށެއް ނުލެވޭނެ. އެއީ ދިވެހި ލޮބުވެތި ރައްޔިތުންގެ ބައެއް، ރައްޔިތުންނަށް އަނިޔާވެރިއެއް ނުވެވޭނެ، މަސްވެރިންނަށް އެ ޙައްގުވާ މިންވަރު ދެއްވުމަށް އަޅުގަނޑު ސަރުކާރަށް އިލްތިމާސް ކުރަން." ކަމަށެވެ. 

ރައްޔިތުންގެ ވޯޓުން އެމްޑީޕީގެ ސަރުކާރު ބަލިކޮށް ވެރިކަމުން ބޭލިއިރު މަސްވެރިންނަށް ދޭންޖެހޭ ފައިށާ ނުދީ އެތައް މަހެއްވެފައިވާއިރު ޢަދަދަށް ބަލައިފިނަމަ 250 މިލިއަނަށްވުރެ މަތިވެފައި އޮތުމުންއެނގިގެންދަނީ އެމްޑީޕީގެ ސަރުކާރުން ވަރަށް ބޮޑަށް މަސްވެރިންނަށް އަނިޔާވެރިވެފައިވާކަމެވެ. 

ވީމާ ޢަބްދުﷲ ޝާހިދު އެވަނީ އެމްޑީޕީގެ ވެރިކަމަކީ މަސްވެރިންނަށް ވަރަށް ބޮޑަށް އަނިޔާވެރިވި ސަރުކާރެއްކަން ހާމަކުރައްވައިފައެވެ. މަސްވެރިންނަށް އެންމެ އޮގާތެރި ރައީސް، ރައީސް މުޙައްމަދު މުޢިއްޒު ވަނީ އެބޮޑު ދަރަނި އަދާކުރެއްވުމުގެ އިތުރުން މިފްކޯއަށް ކިރުވާ މަހުގެ އަގު އެންމެ 48 ގަޑިއިރުގެ ތެރޭގައި ދެއްވަން ފަށްޓަވައިފައެވެ. 

"މިއަދު ރާއްޖޭގެ މަސްވެރިންނަށް ދިމާވެފައިވާ ދަތިތަކުގެ އަސްލަކީ، މިސަރުކާރުގެ ދޯދިޔާ ސިޔާސަތުތައް، ނުފުއްދޭ ވަރުގެ ވައުދުތައް، މިކަންކަމުގެ މައްޗަށް ސަރުކާރެއް ހިންގަން އުޅެން ފެށީމާ ވާނެ ގޮތް އަޅުގަނޑުމެންނަށް މި ފެންނަމުން ދަނީ. ސަރުކާރުން މަސްވެރިންނަށް ދޭންޖެހޭ ހުރިހާ ފައިސާއެއް ދުވަހުން ދުވަހަށް ދެއްވަން ޖެހޭނެ. މަސްވެރި އާއިލާތައް ބިކަކޮށެއް ނުލެވޭނެ. އެއީ ދިވެހި ލޮބުވެތި ރައްޔިތުންގެ ބައެއް، ރައްޔިތުންނަށް އަނިޔާވެރިއެއް ނުވެވޭނެ، މަސްވެރިންނަށް އެ ޙައްގުވާ މިންވަރު ދެއްވުމަށް އަޅުގަނޑު ސަރުކާރަށް އިލްތިމާސް ކުރަން."

- ޢަބްދުﷲ ޝާހިދު 

އަޞްލު މަނިކުފާނު ވިދާޅުވަން ތިއަ އުޅުއްވަނީ މިގޮތަށް ނޫންތޯ؟ 

ޝާހިދުއެވެ! އެމްޑީޕީގެ ސަރުކާރުން އެހައި ބޮޑަށް އަނިޔާވެރިވިނަމަވެސް "މިއަދު ރާއްޖޭގެ މަސްވެރިންނަށް ދިމާވެފައިވާ ދަތިތައް މިސަރުކާރުން ޙައްލުކޮށްދީ މިސަރުކާރުގެ ހަރުދަނާ ސިޔާސަތުތަކުގެ ސަބަބުން ވަޢުދުތައް ފުއްދަން ފެށީމާ ވާނެ ގޮތް އަޅުގަނޑުމެންނަށް މި ފެންނަމުން މިދަނީއެވެ. މިހާރު އެންމެ 48 ގަޑިއިރުގެ ތެރޭގައި އެގެންދަވަނީ ފައިސާ ދެއްވަމުންނެވެ. 

އެމްޑީޕީ ސަރުކާރުގެ އަނިޔާވެރިކަން ފާހަގަކޮށްދެއްވިކަމަށްޓަކާ ގިނަ ބައަކު މަނިކުފާނަށް ޝުކުރިވެއެވެ!

 

މިއަދު އޮންލައިން