މަސްވެރިންގެ ދުވަހާ ގުޅިގެން އާޓިފިޝަލް ބީޗްގައި ކުޑަކުދިންގެ ހަވީރެއް ބާއްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 1ސ
މަސްވެރިންގެ ދުވަހާ ގުޅިގެން އާޓިފިޝަލް ބީޗްގައި ކުޑަކުދިންގެ ހަވީރެއް ބާއްވައިފި

މަސްވެރިންގެ ދުވަހާ ގުޅިގެން މިއަދު ހަވީރު މާލޭ އާޓިފިޝަލް ބީޗްގައި ކުޑަކުދިންގެ ހަވީރެއް ބާއްވައިފިއެވެ.

މި ހަވީރަކީ މޯލްޑިވްސް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މާކެޓިންގ އެންޑް ޕްރޮމޯޝަން ލިމިޓެޑުން އިންތިޒާމުކޮށްގެން ބޭއްވި ހަރަކާތެކެވެ.

މި ހަވީރުގައި ގިނަ އަދަދެއްގެ ކުޑަކުދިން ބައިވެރިވިއެވެ. ހަވީރުގެ ތެރޭގައި ކުޑަކުދިންނަށް އަމާޒުކޮށްގެން އެކި ކުޅިވަރު ހަރަކާތްތަކާއި ފޮަކާއި ފޮޓޯ ނެގުމުގެ ހަރަކާތްތައް ކުރިއަށް ގެންދެވުނެވެ. މީގެ އިތުރުން، މަސްވެރިކަމާ ގުޅޭ މަޢުލޫމާތު ދިނުމުގެ ސެޝަންތަކެއްވެސް ބޭއްވުނެވެ.


މި ހަވީރުގައި މަސްވެރިކަމާބެހޭ ވަޒީރު އަޙްމަދު ޝިޔާމް ބައިވެރިވެވަޑައިގެންނެވިއެވެ. ވަޒީރު ވާހަކަފުޅު ދައްކަވަމުން، މިފަދަ ހަރަކާތްތަކުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. "ކުޑަކުދިންނަށް މަސްވެރިކަމުގެ މުހިންމުކަން އަންގައިދިނުމަކީ ވަރަށް މުހިންމު ކަމެއް. މިފަދަ ހަރަކާތްތަކުން އެކަން ހާސިލުވާނެ," ވަޒީރު ވިދާޅުވިއެވެ.

ހަވީރުގައި ބައިވެރިވި ގިނަ ކުދިން މި ހަރަކާތާމެދު އުފާވެރިކަން ފާޅުކުރިއެވެ. 10 އަހަރުގެ އަޙްމަދު ޝާހިދު ބުނީ "މިއީ ވަރަށް މަޖާ ހަވީރެއް. މަސްވެރިކަމާ ބެހޭ ގޮތުން ވަރަށް ގިނަ އައު މަޢުލޫމާތު ލިބުނު," މިހެންނެވެ.

މިފަދަ ހަރަކާތްތަކުން ޒުވާނުންނާއި ކުޑަކުދިން މަސްވެރިކަމަށް ޝައުޤުވެރިކުރުވުމަށް މަގުފަހިވާނެކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން