"ކީރިތި ޤުރްއާނުގައިވަނީ ޔައުޖޫޖު މައްޖޫޖު ބާގައިގެ މީހުންނަކީ ފަސާދަކުރާނެ ބައެއް ކަމެވެ." ޝައިޚް އިމްރާން ޙުސައިން
(އިތުރު ތަފްޞީލް ތިރީގައިވާ ގުޅުންހުރި ލިޔުމުން ވިދާޅުވެލައްވާ!)
ރާއްޖެއަކީ ޤާނޫނު އަސާސީގައިވާ ގޮތަށް ބެލިނަމަވެސް ސައްތައިން ސައްތަ މުސްލިމް ދައުލަތެކެވެ. ޤާނޫނު އަސާސީ ޙިމާޔަތްކުރަން ފުރަތަމަ ކުރަންޖެހޭ ކަމަކީ ރާއްޖޭގައި އިސްލާމްދީން ފުރިހަމަ ގޮތުގައި ޙިމާޔަތްކުރުމެވެ. އެއަށްވުރެ ބޮޑުކަމެއްވެސް އަދި އެއަށްވުރެވެސް މުހިންމު ކަމެއްވެސް ނެތެވެ. ދިވަހިރާއްޖޭގައި އެއަށްވުރެ މުހިންމުކަން ބޮޑުކަމެއް ނުވެސް އޮންނާނެއެވެ. ނުވެސް ބޭއްވޭނެއެވެ. އިން ޝާ ﷲ
ރާއްޖޭގައި އެހެންދީންތަކަށް ފުރުޞަތުދީ އެހެންދީންތައް ފަތުރަން ކުރާ މަސައްކަތަށްވުރެ ބޮޑު ފަސާދައެއް ނުއޮންނާނެކަން އެއީ މާތް ﷲ އަށް ބިރުވެތިވާ ކޮންމެ މުސްލިމަކުވެސް ވިސްނަން ޖެހޭނެ ކަމެކެވެ. މިބޮޑު ފަސާދައަށް ނިމިގެންދިއަ ވެރިކަމުގައި ޖާގަދިންމިންވަރު ޢިލްމްވަރު ދިވެހިންގެ ލޯތަކަށް ވަނީ ފެނިފައެވެ. ދިވެހި މުޖުތަމަޢު ފަސާދަކުރުމުގެ އެންމެ ކުރީގައި ތިބި މީހުން ސަރުކާރުގެ އިސްމަޤާމުތަކުގައި ބައިތިއްބައިގެން އިސްލާމް ދީނަށް ދިން އަނިޔާތައް މިތިބީ ތަޖުރިބާކޮށްގެންނެވެ. އެއީ ދުވަހަކުވެސް ހިތުން ފިލުވައިލެވޭނެ ކަންކަމެއް ނޫނެވެ.
ރާއްޖޭގައި އިސްލާމް ދީން ޙިމާޔަތްކުރަން ބޭނުންނުވާ ބައަކު ރާއްޖޭގެ ޤާނޫނު އަސާސީން ޙިމާޔަތްކުރަން ބޭނުންވާ ކަމެއް އެނގޭނީ އެބައަކަށެވެ. ހަމަޤައިމުވެސް މުސްލިމުންނަށް އޮތް އެންމެ ބޮޑުކަމަކީ އެއީއެވެ. ރާއްޖޭގައި އިސްލާމް ދީން ޙިމާޔަތްކުރުމެވެ. އިސްލާމް ދީން ނޫން އެހެން ދީންތަކަށް ފުރުޞަތު ނުދިނުމެވެ.
ސަރުކާރުގެ ރަސްމިއްޔާތުތައް ހިންދޫދީނަށް އަޅުކަންކުރަމުން ފެށުން، ހިންދޫ ކަލާނގެއެއް ބޮޑު ނަންބޯޑެއް ޖަހައިގެން ހުލުމާލޭގައި ކިއްލާއެއް ހިންގުން، ދިވެހިންގެ ފައިސާއިން ބަންއުޅަނދު ކާށި ކަލާނގެއަށް އަޅުކަންކުރަމުން ބޭލުން، އިރަށް އަޅުކަންކުރުން ޕްރަމޯޓްކުރަން ސަރުކާރުން ބޭއްވި ރަސްމިއްޔާތަށް މިސްކިތްތަކުގެ އިމާމުންނަށް ދަޢުވަތުދިނުން ފަދަ ބޮޑެތި އެތައް ފަސާދަތަކެއް ދިވެހި ތާރީކު ދެމިއޮތްހައި ދުވަހު ފެންނަން އޮންނާނެއެވެ.
މިފަދަ ހުރިހާ ކަމަކުންވެސް އެނގެނީ މިއުޅެނީ ޤާނޫނު އަސާސީގަ މައްސަލައެއް އޮވެގެން ނޫންކަމެވެ. ރާއްޖޭގައި އިސްލާމްދީން ނޫން އެހެން ދީންތަކަށް ޖާގަދީ ފަތުރުވަން ކުރާ މަސައްކަތްތައް ކުރިއަށް ގެންދަން ހުރަސްތައް ކުރިމަތިވާތީ ކަންބޮޑުވެގެން ކަމެވެ.
ގުޅުން ހުރި ލިޔުން:
ވޯލްޑް ކަޕްގަ ޤަތަރަށް އަރައިގަނެގެން މިއުޅެނީ ޔައުޖޫޖު މައްޖޫޖު ބާގައިގެ މީހުން-: ޝައިޚް އިމްރާން ޙުސައިން
އަހަރެން ޤަބޫލުކުރާ ގޮތުގައި ކުޅިވަރުގެ މައިދާނަކީ ކުޅޭ ބައަކަށް ހަމަހަމަ ފުރުޞަތުތައް އޮންނަންޖެހޭ ތަނެކެވެ. އެކަންވެސް އެބަ ފެނެއެވެ. ސަޢުދި ޢަރަބިޔާ އާޖެންޓީނާ ބަލިކޮށްފިއެވެ. މިފަދަ އެކަމެއް މިހާރުވެސް ފެނިއްޖެއެވެ.
ދެން ބަލައިލަންވީ ޔައުޖޫޖު މައްޖޫޖު ބާގައިގެ މީހުންނާއި ޤަތަރު ވޯލްޑް ކަޕް 2022 އާއި އޮތް ގުޅުމަށެވެ. މިގޮތުން ކީރިތި ޤުރްއާނުގައިވަނީ ޔައުޖޫޖު މައްޖޫޖު ބާގައިގެ މީހުންނަކީ ފަސާދަކުރާނެ ބައެއް ކަމެވެ. ޤަތަރަށް އަރައިގަނެގެން އެއުޅޭ ހުޅަނގުގެ މީހުން އެފަތުރަނީ ފަސާދަ ނޫންހެއްޔެވެ؟ ނޫންނަމަ ކުޅޭ ކުޅިވަރަކާއި އެއްޖިންސުން ގުޅުން ހިންގުމާއި އޮންނަންވީ ކޮން ގުޅުމެއް ހެއްޔެވެ؟
އެމީހުން ފުރަތަމަ ފަސާދަކުރީ ބަހެވެ. އެއްޖިންސުން ގުޅުންހިނަގުމަށް "ގޭ" ކިޔަންފެށީއެވެ. އެއީ ބަސް ފަށާދަކުރުން ނޫންހެއްޔެވެ؟ ގޭގެ އަޞްލުމާނައަކީ ރީތިކަމެވެ. އެބަސް ހައިޖެކްކުރީއެވެ. މިބަސް ހައިޖެކްކުރީ ކުރާ ނުބައިކަން ބޮޑު ޢަމަލުގެ ޙަޤީޤަތް ފޮރުވައި މީސްތަކުންނަށް އޮޅުވާލަންވެގެންނެވެ. ނުބައި ހަޑިމުޑުދާރު ކަމެއް ރީތިކަމެއްގެ ގޮތުގައި ދައްކުވަން ވެގެންނެވެ.
ނިކަން ބަލައިބަލާށެވެ. އެއްޖިންސުންގުޅުން ހިންގުން ހުއްދަކޮށް ކައިވެނިކޮށްދީ އެކައިވެންޏަށް ސެޓުފިކެޓް ހަދައިދޭން ބޭނުންވީމާ މިކިޔަނީ އެލްބީޖީއެކްސްވައިޒެޑް ކަހަލަ ނަމެކެވެ.
މިހެންބުނީމާ އަހަރެންދެކެ ރުޅިއަންނާނީހެއްޔެވެ؟ ރުޅިއަންނަންވީ ޤަތަރަށް އަރައިގަނެގެން އެއުޅޭ ހުލަނގުގެ ފަސާދަކުރާމީހުން ދެކެ ނޫން ހެއްޔެވެ؟ ނިކަން ރަސިޔާއަށް ބަލައިލަބަލާށެވެ. އެބުނާ އެލްބީޖީ އެކްސްވައިޒެޑް އެވަނީ މަނާކޮށްފައެވެ. އެހެންކަމާއިއެކުވެސް ރަސިޔާ ކުށްވެރިކޮށްފައި ހުޅަނގަސް ތިއަ ތާއީދުކުރަނީ ކަލޭގެ ބުއްދިސަލާމަތުން ނެތީމައި ނޫންހެއްޔެވެ؟
ޢަރަބިންގެ ބިންތައް އިޒްރޭލަށް ދޭން ބޭނުންވީމާވެސް މިގޮތަސް ނަމެއް އުފެއްދިއެވެ. މިއަށް މިކިޔަނީ "ޢަރަބް ސްޕްރިންގ" އެވެ. އަނެއްކާވެސް މާނަ އޮޅުވައިލީއެވެ. އެއީ ޢަރަބް ސްޕްރިންގެއް ނޫނެވެ. އެއީ ޢަރަބިން ކަތިލަން ކުރާ ކަމެކެވެ.
މިވާހަކަ ދެއްކީމާ މާދަމާ އަހރެން ދަތުރުފަތުރުކުރުން މަނާކޮށްފާނެއެވެ. އަހަރެންގެ ވެބްސައިޓްބަންދުކޮށްފާނެއެވެ. މިއީ އިންޞާފުކަމަށްވާނެ ހެއްޔެވެ؟
ހުޅަނގަށް މިހާރު ގަދަކުރެވި، ފަސާދަކުރަމުން އެގެންދެވެނީ ކީއްވެގެން ހެއްޔެވެ؟ މުސްލިމުންގެ އަތުގައި ފައިސާހުރި ނަމަވެސް އެއިގައި އަގެއް ނެތުމުންނެވެ. އެމީހުންގެ ފައިސާގައި އަގުހުރުމުންނެވެ. މުސްލިމުންގެ އަތުގައި ހުރި ފައިސާގައި އަގެއް ނެތްކަމަށް މިބުނަނީ ދުނިޔޭގެ ބާޒާރު ނުވިއްކޭތީއެވެ. ކޮންމެ ކަމެއްކުރަން އެމީހުންގެ ފައިސާ ބޭނުންކުރަންޖެހޭތީއެވެ. ވީމާ އެމީހުންގެ ފައިސާގެ ބާރުހުރީމާ ދުނިޔެ ފަސާދަކުރަމުން ގެންދަނީއެވެ.
- ޝައިޚް އިމްރާން ޙުސައިން