އެޗްޑީސީ ގެ ފަރާތުން ފިޔަވައްޗަށް "ގޭމް ރޫމް" ހަދިޔާކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 39ސ
އެޗްޑީސީ ގެ ފަރާތުން ފިޔަވައްޗަށް "ގޭމް ރޫމް" ހަދިޔާކޮށްފި

ފިޔަވަތީގެ އަހަރީ ހަފްލާގެ ތެރެއިން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ފަރާތުން ފިޔަވައްޗަށް ހަދިޔާކުރި "ގޭމް ރޫމް" ވަނީ ރަސްމީކޮށް ހަވާލުކޮށްފައެވެ.

މި "ގޭމް ރޫމް" އަކީ ދައުލަތުގެ ބެލުމުގެ ދަށުގައި ފިޔަވަތީގައި ތިބޭ ކުދިންނަށް އެ ތަނަކީ އުފާވެރި، އަދި ހިތްފަސޭހަ ތަނަކަށް ހެދުމާއެކު، ތަފާތު ކުޅިވަރުތައް އެކުދިންނަށް ކުޅެވޭނެ ގޮތަށް މަގުފަހިކޮށްދިނުމަށް އެޗްޑީސީގެ ފަރާތުން ވަރަށް ފުރިހަމައަށް ތައްޔާރުކޮށްފައި ތަނެކެވެ.

ކުދިންނަށްޓަކައި މިހާ ފުރިހަމައަށް "ގޭމް ރޫމް" ތައްޔާރުކޮށްދިނުމުގައި އެޗްޑީސީގެ މުވައްޒަފުންނާއި މެނޭޖްމަންޓުން ފޯރުކޮށްދެއްވި ދީލަތި އެހީ ފާހަގަކޮށް މި ވުޒާރާގެ ފަރާތުން އެޗްޑީސީގެ ޓީމަށް ވަރަށް ޚާއްސަ ޝުކުރެއް އަދާކުރަމެވެ.

 

ހަބަރު: ސަރުކާރު

މިއަދު އޮންލައިން