ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ފޮނަދޫގައި ޢާއިލީ ހަވީރެއް ބާއްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 42ސ
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ފޮނަދޫގައި ޢާއިލީ ހަވީރެއް ބާއްވައިފި

ބައިނަލްއަޤްވާމީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއާއި ލ.އަތޮޅުގެ މުޢައްސަސާތަކާއި ގުޅިގެން ޢާއިލީ ހަވީރެއް ވަނީ ބާއްވާފައެވެ.

“ޝާމިލު ކުރުވަނިވި އަދި ދެމެހެއްޓެނިވި ކުރިމަގަކަށް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އިސްނެގުން ފާހަގަކުރުން” މިޝިޢާރުގެ ދަށުން މި އަހަރު ފާހަގަކުރެވުނު ބައިނަލްއަޤްވާމީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހުގެ މުނާސަބަތުގައި، މި ހަވީރު ކުރިއަށް ގެންގޮސްފައިވަނީ ޑިސެމްބަރ މަހުގެ 7 ވަނަ ދުވަހު ލ. ފޮނަދޫގައެވެ.

މިގޮތުން ތަފާތު ގޭމް ސްޓޯލްތަކާއި، ބައުންސިންގް ކާސަލްއާއި ކާބޯތަކެތީގެ ސްޓޯލްތަކުގެ އިތުރުން، ތަފާތު މެސްކޮޓްތަކުގެ ހަރަކާތްތައް ޢާއިލީ ހަވީރުގައި ކުރިއަށް ގެންދިޔައެވެ.

 

 

ހަބަރު: ސަރުކާރު

މިއަދު އޮންލައިން